ދުއްވާފައިދިޔަ ބަގީއެއް މޫދަށްވެއްޓި ހިނގި ހާދިސާއެއްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެއެވެ.

އަންހެން މީހާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ މޮރޮކޯގެ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ, ބ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އެ ރިސޯޓުގެ ޖެޓީމަތިން ބަގީ ދުއްވުމުގެ ތެރޭގައި ބަގީއާއިއެކު މޫދަށް ވެއްޓިފައިވާކަމަށް މިދިޔަމަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާކަމަށް ވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ގައިދުރު

03-Nov-2022

ކާކު? ކޮންގައުމެއްގެ މީހެއްބާ?????????



ޓްރެންޑިން