ފެނަކައިން އޭދަފުއްޓަށް 1.2 މެގަވޮޓްގެ ޖަނަރޭޓަރ ސެޓެއް ގެންގޮސްފިއެވެ.
އޭދަފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް އެރަށަށް ގެންދިޔަ 1.2 ގެ މި ޖަނަރޭޓަރ ސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެމަސައްކަތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.
އޭދަފުއްޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކައިން މިހާރު ބޭނުންކުރަނީ 300 ކިލޯވޮޓާއި 600 ކިލޯވޮޓާއި 800 ކިލޯވޮޓްގެ އިތުރުން 1 މެގަ ވޮޓްގެ ޖަނަރޭޓަރ ސެޓެކެވެ.
ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތައްވެސް ފެނަކައިން ހިންގައެވެ. ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމްކުރެވިފައި ނެތް ރަށްރަށުގައި އެހިދުމަތް ގާއިމްކުރުމުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް ސަރުކާރުން ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
އޭގެ އިތުރުން ރަށްރަށުގެ އައިސްޕްލާންޓްތައް ހިންގުންވެސް ސަރުކާރުން މިހާރުވަނީ ފެނަކައާ ޙަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު