ތަފާތު ރަހަތައް ހިމެނޭ ކޮލިޓީ މޮޅު ޓޯނީސް ޗޮކޯލޯންލީ ޗޮކޮލެޓަކީ ވިލާޓްރޭޑިންގ ކުންފުނީގެ ދަށުން ހިންގާ ވިލާ މާޓުގެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ބްރޭންޑެކެވެ.

ޓޯނީސް ޗޮކޯލޯންލީ ޗޮކޮލެޓަކީ ހުރިހާ އުމުރުފުރާއަކަށްވެސް ކަމުދާނެ ފަދައިން ތައްޔާރުކޮށްފައިވާ ރަހަމީރު ޗޮކޮލެޓެކެވެ. މިޗޮކޮލެޓަކީ އޭގެ މީރު ރަހަ އާއި އެއްވަރަށް ބޭރުފުށުންވެސް ބަލާލަން ރީތިކޮށް ޕެކްކޮށްފައި ހުރި ޗޮކްލެޓްތަކެއް ކަމުން ކޮންމެ މުނާސަބަތަކަށް ވެސް ފުރިހަމަ ހަދިޔާއަކަށްވެސް ވެގެންދެއެވެ.

2005 ވަނަ އަހަރު ބާޒާރަށް ނެރުނު ތަފާތު ރަހަތައް ހިމެނޭ ޓޯނީސް ޗޮކޯލޯންލީ ބްރޭންޑަކީ ޗޮކޮލެޓަށް ހާއްސަ ޑަޗް ބްރޭންޑެކެވެ. މި ޗޮކޮލެޓް ބްރޭންޑަކީ އިންޑަސްޓްރީއަށް ގޮންޖަހާ، ތަފާތު ގޮތަކަށް ކޮކޯ ހޯދިދާނެކަން ދައްކާލުމަށް އަޒުމުކަނޑައަޅައި މަރކެޓަށް ނެރުނު ބްރޭންޑެކެވެ. އެކުންފުނީގެ އަމާޒަކީ ޗޮކްލެޓް އުފައްދައި އޭގެން ކުރާވިޔަފާރީގައި އިންސާފުވެރިވުމާއި، މާލީ ދަތިކަން ހުރި މީހުންގެ މެދުގައި ބާއްވަމުންދާ ޒަމާނީ އަޅުވެތިކަމާއި ގަވާއިދާ ހިލާފަށް ކުޑަކުދިން ލައްވައި މަސައްކަތް ކުރުން ނައްތާލުމެވެ.



100 އިންސައްތަ "ސްލޭވް ފްރީ" ޗޮކްލެޓެއް އުފެއްދުމުގެ އަމާޒާއެކު، ލިބުނު ބޮޑު ތަރުހީބާއެކު މިބްރޭންޑަކީ ނެދަލެންޑްސްގެ މާކެޓް ލީޑު ކުރާ އެއް ބްރޭންޑެވެ.

ތަފާތު ރަހަތަކެއް އެކުލެވޭ ކޮލިޓީ ރަނގަޅު ޓޯނީސް ޗޮކޯލޯންލީ ބްރޭންޑުގެ ޗޮކްލެޓް, ވިލާޓްރޭޑިންގ ކުންފުނީގެ ދަށުން ހިންގާ ވިލާ މާޓުތަކުން ލިބެން އެބަހުއްޓެވެ. އެގޮތުން ޓޯނީސް ޗޮކޯލޯންލީގެ އެކި ރަހަތަކުގެ، 50ގ އަދި 180ގ ގެ ޗޮކޮލެޓުވެސް ވިލާ މާޓުތަކުން ލިބެން އެބަހުއްޓެވެ. މީގެތެރޭގައި ޓޯނީސް ޗޮކޯލޯންލީގެ ޑާކް ޗޮކްލެޓް، ހެޒެލްނަޓް، މިލްކް، ވައިޓް، ކެރެމަލް އަދި ހަނީ އަކީ ވިލާމާޓުން ހާއްސަކޮށް ޑިސްޓްރިބިއުޓް ކުރާ ބައެއް ރަހަތަކެވެ.



ވިލާޓްރޭޑިންގ ކުންފުނީގެ ދަށުން ހިންގާ ވިލާ މާޓުން އަބަދުވެސް އަމާޒު ހިފާފައިވަނީ ކަސްޓަމަރުންނަށް ކަމުދާނެ، ކޮލިޓީ ރަނގަޅު، އަދި ޔަގީންކަން ލިބި، ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑްތަކެއް ގެނައުމަށެވެ. ވިލާ މާޓުން ދަނީ ކާބޯތަކެތީގެ އިތުރުން އާންމު ދިރިއުޅުމަށް ބޭނުންވާ ކޮލިޓީ ޕްރޮޑަކްޓްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި ފޯރުކޮށްދެމުންނެވެ.

ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އައި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް، މާލެ އާއި ހުޅުމާލޭގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކޮށްލަން ބޭނުންނަމަ ވިލާ މާޓުގެ ހާއްސަ ވެބްސައިޓްގެ އިތުރުން، އޮންލައިން ޝޮޕިންގއަށް ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށްވެސް ވިލާ މާޓުން ވިޔަފާރިކޮށްލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން