ފާޑު ފާޑުގެ މާސްކް އަޅާތީ އެންމެ ފަހުން ޝިލްޕާގެ ފިރިމީހާއަށް ސްޕައިޑަރމޭންގެ ނަމުން މުހާތަބުކުރަން ފަށައިފިއެވެ.

މިކަން ހިނގާދިޔައީ ބުދަ ދުވަހުގެ ރޭ ބޭއްވި ފިލްމު ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ދިވާލީ ޕާޓީގަ އެވެ. މިޕާޓީއަށް ބޮލީވުޑްގެ އެތައް ފަންނާނުންނެއް ދިޔައިރު، ފިލްމީ ތަރި ޝިލްޕާ ޝެޓީ އަދި އޭނާގެ ފިރިމީހާ ރާޖް ކުންދްރާ ޕާޓީގައި ބައިވެރިވި އެވެ.

ޕާޓީގެ ތެރެއަށް ވަނުމުގެ ކުރިން ބޮލީވުޑްގެ ފަންނާނުން ވަނީ ދޮރުމަތީގައި ތިބި ނޫސްވެރިންނާއި ފޮޓޯ ގްރާފަރުންނަށް ހުއްޓި ފޮޓޯވެސް ނަގައިފައެވެ. މި ފޮޓޯނެގުމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފޮޓޯ ނަގަން ހުރި މީހަކު ޝިލްޕާއަށް ގޮވައި ފަހަތުގައި ހުރި އޭނާގެ ފިރިމީހާ ދައްކައި، އެއީ ސްޕައިޑަރމޭންކަމަށް ބުނާ ވީޑިއޯކޮޅެވެ.

ބަރަހަނާ ފިލްމު އުފައްދައި ވިޔަފާރި ކުރުމުގެ ތުހުމަތުގައި 2021 ވަނަ އަހަރު ރާޖް ކުންދްރާ ހައްޔަރުކޮށް ދޫކޮށްލުމަަށްފަހު އޭނާ ގިނައިން ފެންނަނީ މުޅި މޫނު ފޮރުވޭފަދަ މާސްކެއް އަޅައިގެން ހުއްޓައެވެ. މިކަމާ ގިނަ ބަޔަކު ޖޯކު ޖެހި ނަމަވެސް ރާޖް ކުންދްރާ ބުނަނީ އެއީ އޭނާ އާއި ބެހޭގޮތުން ވާހަކައެއް ފެތުރުމަށް ނޫސްވެރިންނަށް ޖާގަ ނުދޭން ކުރާކަމެއްކަމަށެވެ. އަދި އެއީ ބަޔަކަށް ފިލަންވެގެން ކުރާކަމެއް ނޫންކަމަށެވެ.

ވިޔަފާރިވެރިޔާ ރާޖް ކުންދްރާ އާއި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. ކައިވެނީގެ 13 އަހަރުގެ ތެރޭގައި އެދެމީހުންނަކީ އެކަކު އަނެކަކާ ވަރަށް ލޯބިން ގުޅިގެން އުޅޭ ދެ ކުދިންގެ ފަޚުރުވެރި މައިންބަފައިންކަން ވަރަށް ބޮޑަށް ސާފުވާކަމަށް އިންޑިއާގެ ނޫސްވެރިން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޕިސް ޕިސް!

24-Oct-2022

މިވެސް ޙަބަރެއް ދޯ. ހެ ހެ ހޭ



ޓްރެންޑިން