ރާއްޖޭގެ ރަށްރަށުގައި ތިބި ޒުވާނުން ތިބީ ކުރާނެ ކަމެއް ނެތިފައި ކަމަށް ޔޫތުމިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ގިނަ ރަށްރަށުގައި ޒުވާނުން ތިބީ ކުރާނެ ކަމެއް ނެތިފައި ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ޒުވާނުން ކޮފީ އެއް ބޯލަން ވަންނާނެ ތަނެއް ވެސް ނެތް ކަމަށް މަހުލޫފްވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ، އޭނާ ރަށްރަށައް މީގެ ކުރިން ކުރެއްވި ޒިޔާރަތުގައި ދެ ތިން ޒުވާނަކު ފިޔަވައި އެހެން ޒުވާނަކު ވަޒީފާ އާއި ބެހޭ ގޮތުން ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށެވެ. ވަޒީފާ އަށް ވުރެ ޒުވާނުންނަށް މުހިންމުވެފައިވަނީ ކުޅިވަރު ކުޅޭނެ ގޮތްތަށް ފަހިވެފައި އޮތުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"ހަމަ ގޮސް އެރީ ބުނާނެ ފުޓުބޯޅަ ދަނޑެއް، ފުޓްސަލް ދަނޑެއް ވޮލީ ކޯޓެއް އެއީ އެމީހުން (ޒުވާނުން) އެ ބޭނުންވެފައި ހުރިވަރުން ކުރާނެ އެއްވެސް ކަމެއް ނެތީމަ. އެހެންވީމަ މިދިޔަ ހަތަރު އަޅުގަނޑުގެ ތަޖުރިބާއަކީ ފުރަތަމަ ހަމަ މި މީހުންނަށް ކޮށްދޭންވީ މިކަމޭ. އެކަން ކޮށްނިމިގެން އެމީހުންނަށް ދެން އޮތީ ވިސްނާލެވެން ވަޒީފާ އަކާއި ދޭތެރޭވެސް،" މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ރަށްރަށުގައި ފުޓްސަލް ދަނޑުތަށް އަޅާތީ ބައެއް މީހުން އޭނާ އަށް ފާޑުކިޔަމުންދާ ކަމަށެވެ. މަހުލޫފް ވިދާޅުވީ ރަށްރަށުގައި ތިބި ޒުވާނުންނަށް ފުޓްސަލް ދަނޑުވަނީ ރަންގަޑަކަށް ކަމަށެވެ. އެއީ ކުރާނެ ކަމެއް ނެތިފައި ތިއްބާ ފުޓްސަލް ދަނޑުން ކުޅިވަރު ކުޅުމުގެ ފުރުސަތު ޒުވާނުންނަށް ލިބިގެންދާތީ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކަންކަން ހައްލުކޮށްފައި ދުރު ވިސްނުމުގައި މަސައްކަތް ކުރަންޖެހޭނީ، މިދިޔަ ހަތަރު އަހަރު ތެރޭގައި ކުރި އެއްކަމެއް އެއީ ޒަމާނުއްސުރެ ހަމައެކަނި ފޯކަސް ކުރެވުމުން އައި ފުޓްބޯޅައިގެ ބަދަލުގައި އެހެން ކުޅިވަރުތަކަށް ފުރުސަތު ދިނުން،" މަހުލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު