ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު އަލްބުސައިދީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އޮމާނަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްްޓަރ ޝާހިދު މިއަދު ވަނީ އޮމާންގެ ހާރިޖީ ވަޒީރު ސައްޔިދު ބަދުރު އަލްބުސައިދީއާ ބައްދަލުކުރައްވާފައެވެ.



މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ފަރާތުން އޮމާންގެ ސުލްތާން ހައިތަމް ބިން ތާރިކްއަށް ފޮނުއްވި ސިޓީފުޅެއް އޮމާންގެ ހާރިޖީ ވަޒީރާއި ހަވާލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު