ތޫނު އެއްޗަކުން ހަމަލާދީ އައްޑޫ ސިޓީ ހިތަދޫގައި މަރާލި އެ ރަށު ސޮލިޑް، މުޙައްމަދު ޒަޔާން މަރުވުމުގެ ކުރިން އޭނާއަށް ހަމަލާދިން މީހުންގެ މައުލޫމާތު ފުލުހުންނަށް ކިޔައިދިން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ، ޒަޔާންގެ މަރާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފުލުހުން ބުނީ، ޒަޔާނަށް ހަމަލާދީފައިވާ ސީނަށް ފުލުހުމް ދިޔައިރު ބޮޑެތި ޒަހަމުތަކާއިކު ވެއްޓިފައި ޒަޔާން އޮތް ކަމަށާއި، ވާހަކަދެކެވޭތީ އެ ހަމަލާގެ ބައެެއް ތަފްސީލުތައް ފުލުހުންނަށް ކިޔައިދިން ކަމަށެވެ.
އެގޮތުން، ހަމަލާދިން ގޮތާއި ހަމަލާދިން މީހުންނާ ގުޅޭ ވާހަކަތައް ޒަޔާން އެވަގުތު ފުލުހުން ކައިރީ ދައްކާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޒަޔާން މަރާލީ މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ފުލުހުން ކުރިން ބުނެފައިވަނިީ މިއީ މަސްތުވާތަކެއްޗާއި ގުޅިގެން ދެ ގޭންގެއްގެ މެދުގައި ޖެހުނު މައްސަލައެއްގައި ހިންގި ގަތުުލެއް ކަމަށެވެ.
އަދި އެއީ ދުރާލާ ރާވައިގެން ދީފައިވާ ހަމަލާއެއްކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ހަމަލާދިން މީހުންގެ މައުލޫމާތު ފުލުހުންނަށް އެނގުނު ނަމަވެސް އެ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ޕީޖީ އޮފީހުން މިހާރުވަނީ އެ މީހުންގެ ތެރޭގައި ހިމެނޭ 4 ކުޑަކުއްޖަކަށް ދައުވާކުރަން ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު