ރައްޔިތުންނަށް ބާރުތައް ދިނީ އެމްޑީޕީންކަމަށް ވިދާޅުވެ، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އިދިކޮޅު ފަރާތްތަކުން ރައްޔިތުން ބާރުވެރިކުރުވުމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ޒަރީރު މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނާއި އިދިކޮޅު ފަރާތްތަކުން މިހާރު ރަށްރަށަށް ގޮސް ދައްކާ ވާހަކަތަކާއި ގުޅިގެންކަމަށް ބެލެވެއެވެ.
ޒަރީރު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ކެމްޕެއިންތަކުގައި ރައްޔިތުން ބާރުވެރިކުރުވާ ވާހަކަ ދައްކާއިރު އެބޭފުޅުންނަކީ ލާމަރުކަޒީ ނިޒާމަކީ ބީރަށްޓެހި ނިޒާމެއްކަމަށް ބުނި ފަރާތްތައްކަމަށެވެ. އަދި އެބޭފުޅުންނަށް ވެރިކަން ލިބިއްޖެއްޔާ ރަށްރަށުގެ ބިންތައް ދޭންވާ ގޮތް ކަނޑައަޅާނީ ރައްޔިތުންކަމަށް ވިދާޅުވާއިރު، މިހާރުވެސް އެކަންކުރަނީ އެގޮތަށްކަމަށް ޒަރީރު ވިދާޅުވިއެވެ.
"އެމްޑީޕީން އެ ބާރު ދިނީ، ރައްޔިތުން ކައިރީގައި އަހައިގެން، ރައީސް ޔާމީނަށް ދަންނަވަން އޮތީ ރައްޔިތުންނަށް ބާރުތައް ދިނީ އަޅުގަނޑުމެންނޭ." ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ލިބުމުން ކަންކުރި ގޮތް އޮތީ ފެންނަންކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކަށް އޮތީ އެއްވެސް ބާރެއް ނުދީކަމާއި ކައުންސިލް ތަކުގެ މަސައްކަތަކަށް އޮތީ ހަމައެކަނި ވިހާ މަރުވާ ދަފްތަރު ބެލެހެއްޓުން ކަމަށް ޒަރީރު ވިދާޅުވިއެވެ.
"މިއަދު ޑިމޮކްރަސީ އާއި ލާމަރުކަޒީ ނިޒާމުގެ ވާހަކަ ރައީސް ޔާމީން ދައްކަވާތީ ހަމަ ލަދު ގަނޭ. ބާރު އޮތް ދުވަހު ކީއްވެތޯ ކަންކަން އިސްލާހު ނުކުރީ، ކީއްވެތޯ ޖުޑީޝަރީއާއި މިނިވަން މުއައްސަސާތައް އިސްލާހުނުކުރީ. ކޮން ބާރެއްތޯ ނެތީ އޭރު. ދެން މިއަދު ކަންކަން ބަދަލުކުރާނަމޭ ބުނީމަ ކާކުތޯ ޤަބޫލުކުރާނީ." ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށްވާ ވައުދު ފުއްދާ ބައެއްކަމަށާއި، 2023 ގައި ރައީސް ޔާމީންގެ ފަހަތަށް ރައްޔިތުން އަރަންޖެހޭ އެއްވެސް ސަބަބެއްނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު