އެމްއެންޑީއެފް މެޑިކަލް ކޯރއިން "ސިފައެހީ މެޑިކަލް ކޭމްޕް" ގެ ނަމުގައި ބ. ކަމަދޫގައި ކޭމްޕެއް ފަށައިފިއެވެ.

މި މަހުގެ 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭމްޕުގައި، އެ ރަށު ރައްޔިތުންނަށް އިންޓަރނަލް މެޑިސިން، ރޭޑިއޯލޮޖީ، އޯރތޮޕީޑިކްސް، ރެސްޕިރޭޓަރީ މެޑިސިން، ސާޖަރީ، ޕީޑިއޭޓްރިކްސް، ޑެންޓިސްޓްރީ، އަދި އާންމު ބަލިތަކަށް ކޮންސަލްޓޭޝަންސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ކްލިނިކަލް ސަރވިސްއެއް ކަމުގައިވާ ޕަލްމޮނަރީ ފަންކްޝަން ޓެސްޓްތަކާއި، ފަސްޓް ރެސްޕޮންޑަރ ޓްރެއިނިންގ ސެޝަންތައް އެ ރަށު ރައްޔިތުންނަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރގެ ފަރާތުން މި ކޭމްޕުގައި އަށް ޑޮކްޓަރުން ހަރަކާތްތެރިވާއިރު، އޭގެތެރޭގައި ހަ ސްޕެޝަލިސްޓުންނާއި، ޑެންޓިސްޓަކާއި، މެޑިކަލް އޮފިސަރެއްގެ އިތުރުން، ތިން ނަރުހުންނާއި، ފަސްޓް އެއިޑް އިންސްޓްރަކްޓަރުންނާއި ކްލިނިކަލް އެސިސްޓެންޓުންނާއެކު ޖުމްލަ 17 ސިފައިން ބައިވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު