މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދިއުމަށް ތަރައްޤީކުރާ ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހުގެ ތެރޭގައި އާއްމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ކުރިން ހުޅުވަން ނިންމާފައި އޮތީ މިއަހަރުގެ މިނިވަންދުވަހާއި ދިމާކޮށެވެ. ނަމަވެސް އެކަން ފަސްކުރީ އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދިއުމަށްކަމަށް ސަރުކާރުން ބުނެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ޕިކްނިކް އައިލެންޑް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށްދާކަމަށެވެ.
އަކްރަމް ކަމާލުއްދީން ވިދާޅުވީ، ރަށް ފެހި ކުރުމުގެ މަސައްކަތްތައް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާކަމަށާއި ގަސް އިންދުމުގެ އެކި ކަހަލަ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ޕިކްނިކް އައިލެންޑްގައި ޤާއިމުކުރާ ޚިދުމަތްތަކާއި ފެސިލިޓީތަކުގެ 95 އިންސައްތަ މިހާރު ނިމިފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަދި އަންނަމަހު އެތަން ހުޅުވުމަށް މަސައްކަތްކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ޕިކްނިކް އައިލެންޑް ތަރައްޤީކޮށްފައިވަނީ މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެންނެވެ. އަދި ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ވަނީ ހަދާފައެވެ. މިއީ މާލެއިން ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު