ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެއަމާޒަކީ ރަށްރަށުގައި އަލުން ފުޓްބޯޅަ ކުރިއެރުވުންކަމަށާއި، އޭގެ ނަތީޖާވެސް ފެންނާނެކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރަށްރަށުގައި ފުޓުބޯޅަ ކުޅުން އޮތީ އެއްކޮށްހެން ހުއްޓިފައިކަމަށެވެ. އަދި އޭގެ ބަދަލުގައި މުޅިންހެން ކުޅެނީ ފުޓްސަލްކަމަށާއި ނަމަވެސް އެކަންވެސް ކުރަނީ މިނީ ފުޓްބޯޅަ ދަނޑުތަކެއްގައިކަމަށެެވެ.
މަހުލޫފް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރަށްރަށުގައި އަލުން ފުޓްބޯޅަ ކުރިއެެރުވުންކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ 5 ވަރަކަށް އަހަރު ފަހުން ފެންނާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗުތަކުގައި ރާއްޖެއިން ރަނގަޅު ނަތީޖާ ނުހޯދުމަކީ ކަންބޮޑުވުން އޮތްކަމެއްކަމަށެވެ. އަދި ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ބައްދަލުކުރައްވާވެސް އެކަމާ ގުޅޭ ވާހަކަތައް ދެކެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު