ދީނީ ދާއިރާއިން ދިވެހިންނަށް ކަންކަން ފަހިކޮށްދިނުމަށް ކީރިތީ ގުރުއާނާއި ބެހޭ މަރުކަޒުގެ އިސް ވެރިންނާއި ސައުދީ ސަރުކާރުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ވަފުދެއް ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، މައްކާގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކީރިތި ގުރުޢާނާ ބެހޭ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރސް އައްޝައިޙް އިލްޔާސް ޖަމާލް އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް ޢަވާދު ބިން ސަބްތީ އަލް ޢަންޒީ މުހިއްމު މަޝްވަރާތަކެއް ކުރެއްވިއެވެ.
މިގޮތުން ދެ ގައުމު ގުޅިގެން ދީނީ ދާއިރާއިން ދިވެހިންނަށް ކަންކަން ފަހިކޮށްދިނުމަށް މަސައްކަތްތައް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ބައްދަލުވުމުގައި ސަޢުދީ ސަރުކާރުގެ ފަރާތުން ވާހަކަދައްކަވަމުން އައްޝައިޙް ޢަވާދު ވަނީ ދީނީ ކަންކަމުގައި ސަޢުދީގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއާއި ސަޢުދީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ދީނީ ކަންކަމުގައި ޚިދުމަތް ކުރުމާއި، އިސްލާމީ ކަންކަމުގައި މެދު މިން ފެތުރުމާއި ހަރުކަށި ފިކުރު ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ކުރިއެރުންތަކެއް ލިބޭނެކަމަށް ސައުދީގެ އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
އައްޝައިޙް އިލްޔާސް ޖަމާލްގެ ވާހަކަފުޅުގައި އިސްލާމީ ކަންކަމާ ގުޅުންހުރި އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ މުސްލިމުންނަށް ސަޢުދީ ސަރުކާރުން ކޮށްދެއްވާ ގިނަގުނަ ކަންކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު