ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލްގެ މައި އިދާރާގައި މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ފުލުސް އޮފިސަރަކަށް ލިބިއްޖެއެވެ.

މިކަން އިއުލާންކޮށްފައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ސީޕީ ހަމީދު ވިދާޅުވީ ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލްގެ ހެޑްކުއާޓާޒްގައި މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިފައިވާކަމަށެވެ. އަދި ޗީފް އިންސްޕެކްޓަރގެ މަގާމު އަދާކުރައްވަމުންދާ އޮފިސަރެއް އެކަމަށް ކަނޑައެޅިފައިވާކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ އޮފިސަރު އިންޓަޕޯލްގެ ހެޑްކުއާޓާޒަށް ފުރާނެކަމަށެވެ.



ކޮމިޝަނަރ ވިދާޅުވީ އިންޓަޕޯލްގެ މައި އިދާރާގައި މަސައްކަތްކުރާ ފުލުސް އޮފިސަރު މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ކްރައިމް ޑިޕާޓްމަންޓްގައިކަމަށެވެ.

ކޮމިޝަނަރ ވަނީ މިއީ ފުލުހުންގެ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމެއްކަން ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު