އައްޑޫ ސިޓީގެ މަގުތައް ހަދަނީ ފެންވަރު ދަށްކޮށްކަމަށް ބުނެ ގިނަ ޝަކުވާތަކެއް އަަންނަމުންދާކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިއަދު ވިދާޅުވީ އެފްކޮންސްއިން އައްޑޫ ސިޓީގައި ހިންގާ މަގު ހެދުމުގެ މަސައްކަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުކަމަށެވެ. އެހެންކަމުން އެތައް މިލިއަން ޑޮލަރެއް
ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ގާތުން ބައްލަވާ، ރަނގަޅުކުރަން ނިހާދު ގޮވާލެއްވިއެވެ.
ނިހާދުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުވެސް ވަނީ އައްޑޫ ސިޓީގެ މަގުތައް ހަދާ ނިމޭއިރު ރައްޔިތުންނަށް މުސީބާތަކަށް ވުމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެ، މިދިޔަ އޮގަސްޓުމަހު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަލީ ނިޒާރު ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށްޓަކާ ކޮށްދެއްވާ ވަރަށް ބޮޑު ހޭދައެއް ކަމަށެވެ. މި މަސައްކަތުގެ ކޮންޓްރެކްޓާ އަދި ކޮންސަލްޓެންޓަކީ އެއް ގައުމަކަށް ނިސްބަތްވާ ގުޅުން އޮތް ބައެއް ކަމަށާއި، އެގޮތުން މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތުގެ ޝަކުވާ ބޮޑު ކަމަށް ނިޒާރުވެސް ވިދާޅުވިއެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާއެެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެެ. މަގުތައް ހަދާއިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާއިރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލޭޔާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

AFcons in AdduCity gai hingaa biya Magu hedhumuge masakkathu ge quality dhah Kamuge shakuvaa inthihaa ah bodu!
— Feydhoo Meehaa (Mohamed Nihad) (@nihad_m) October 18, 2022
Ethah Million Dollar ehge mi masakkaih Gaathun ballavai rangalhu kuruvan aadheys kuran! @AslamAslamtey @mkhussan @MoNPImv @HCIMaldives @AdduCityCouncil @AFCONSInfra
ނިހާދުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުވެސް ވަނީ އައްޑޫ ސިޓީގެ މަގުތައް ހަދާ ނިމޭއިރު ރައްޔިތުންނަށް މުސީބާތަކަށް ވުމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެ، މިދިޔަ އޮގަސްޓުމަހު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަލީ ނިޒާރު ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށްޓަކާ ކޮށްދެއްވާ ވަރަށް ބޮޑު ހޭދައެއް ކަމަށެވެ. މި މަސައްކަތުގެ ކޮންޓްރެކްޓާ އަދި ކޮންސަލްޓެންޓަކީ އެއް ގައުމަކަށް ނިސްބަތްވާ ގުޅުން އޮތް ބައެއް ކަމަށާއި، އެގޮތުން މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތުގެ ޝަކުވާ ބޮޑު ކަމަށް ނިޒާރުވެސް ވިދާޅުވިއެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާއެެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެެ. މަގުތައް ހަދާއިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާއިރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލޭޔާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު