ފެނަކަ ކޯޕަރޭޝަނުން ކުޑަރިކިލުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކުޑަރިކިލުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް މިދިޔަ އަހަރު ވަނީ ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފައެވެ. އަދި ބ.އަތޮޅުގެ ފަސްރަށެއް ހިމެނޭގޮތަށް ހަވާލު ކުރި މިމަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ކުޑަރިކިލުގައި ފަށާފައެވެ.
ރާއްޖޭގައި ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަކީ މިސަރުކާރުގެ މުހިންމު ވައުދެއް އަދި ސިޔާސަތެކެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ ކުޑަރިކިލުގައި އެންމެ ފުރަތަމަ ކުރިއަށްދާނީ އާރުއޯ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތްކަމަށާއި އެގޮތުން އެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު މިހާރު އެރަށް ގެންގޮސްފައިވާކަމަށެވެ.
ކުޑަރިކިލުގައި މީގެ 13 އަހަރު ކުރިން ޤާއިމް ކުރި ނަރުދަމާ ނިޒާމަށް އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާކަމަށާއި، އެކަން ހައްލު ކުރުމަށް ދަތި އުނދަގޫތައް ކުރިމަތިވާކަމަށް ކައުންސިލުން އޮތީ ހާމަކޮށްފައެވެ. އަދި ފެނާއި ނަރުދަމާއަކީ މިހާރުން މިހާރަށް ރަށަށް ބޭނުންވާ އެންމެ މުހިންމު އަސާސީ ދެ ޚިދުމަތެއް ކަމަށްވެސް އެ ރަށު ކައުންސިލުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު