ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުނިތަކަށް ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހަނިވާ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވާއިދު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަމަށް ގޮވާލެއްވީ ތަފާތުކުރުމެއް ނެތި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށާއި ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން ހަލާކުކޮށްލަން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށައެޅުއްވި ގަރާރަށް ބަހުސް ކުރަށްވަމުންނެެވެ.
ޝިޔާމް ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވައިދަކީ މީޑިއާނެޓް ކުންފުންޏާ ވާދަކުރާ ދިރާގު އެ ވިޔަފާރިން ބޭރުކުރުމަށް ގާނޫނާ ހިލާފަށް ހެދި ގަވައިދެއް ކަމަށެވެ. އެ ގަވައިދު ހެދުމާއެކު އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ދިރާގުގެ ލައިސަންސް ބާތިލް ވާނެ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
އެ މައްސަލާގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުނިތަކަށް ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހަނިވާ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގަވައިދު ނުހެދޭނެ ކަމަށެވެ.
އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ބްރޯޑްކޮމް އިން ހަދައިގެން އުޅޭ ގަވާއިދު މިހާރުން މިހާރަށް އިސްލާހުކުރަން ޖެހޭ ކަމަށެވެ. ވަކި ބަޔަކަށް ހިދުމަތް ކޮންޓްރޯލް ކުރެވޭ ގޮތަށް ގަވާއިދު ހެދުމަކީ ބްރޯޑްކޮމްގެ މަގުސަދުތަކާއި ހިލާފު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ރީބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައިވެސް ވާދަވެރިކަން އޮންނަން ޖެހޭ ކަމަށެވެ. ރައްޔިތުންނަށް ލިބޭ ހިދުމަތް ރަނގަޅުވާނީ ވާދަވެރިކަމުގެ ތެރެއިންކަން ފާހަގަކުރަށްވައި އިލްޔާސް ވިދާޅުވީ އެއްބަޔަކަށް ފައިދާވެ އެހެން ބަޔަކަށް މަގު ބަންދުވުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
މެމްބަރު ޝިޔާމް ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ ގާނޫނުން ކޮމިޝަނަށް ލިބޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހަދާފައިވާ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލުތަކާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ހިލާފު ގަވާއިދެއް ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވައިދުގެ ސަބަބުން ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭކަން އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު