އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އެމްޑީޕީން ގިނަ މަސަައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް، މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެމްބަރުންނަށް ދެއްވި މެސެޖެއްގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ 2023 އެމްޑީޕީއަށް ކާމިޔާބުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އަދި ކުރިއެކޭ އެއްގޮތަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޕާޓީގެ ހުރިހާ މެމްބަރުންގެ އެއްބާރުލުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށް އެ މެމްބަރު ވިދާޅުވި އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ވިދާޅުވީ އެމްޑީޕީއަށް 2018 ކާމިޔާބުވުމުގައި މެމްބަރުންގެ މަސައްކަތް އެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ކަމަށެވެ. އަދި އުނދަގޫ ހާލަތުގައި ވެސް ހުރިހާ އެންމެން އެކުގައި ތިބުމަކީ ޕާޓީއަށް ކުރިއެރުން ލިބުނު ސަބަބުކަން ރައީސް ފާހަގަކުރެއްވި ކަމަށް އެމެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް ސާލިޙު ބައްދަލުކުރެއްވި އިރު، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލު ނުކުރަށްވައި އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހުގެ ދައުވަތަކަށް އެ މަނިކުފާނު ވަޑައިނުގަންނަވާނެ ކަމަށެވެ. މާލޭގައި ހުންނެވި ނަމަވެސް އަމަލު ކުރައްވާނީ އެގޮތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެވެ.އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ދެ ރައީސުންގެ ފެކްޝަނުގެ މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު