ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ. ކިނޮޅަހަށް ކޮށްދެއްވާނެކަމަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވައުދުވެވަޑައިގެންނެވި ކަންކަމުގެ އިތުރަށް ވެސް ކަންކަން ކޮށްދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
ޙަސަން މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޞާލިޙް ރ. ކިނޮޅަހަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް އަދި ފުއްދަވާ ނުދެއްވާކަމަށް ބުނެ އެ ރަށު ކައުންސިލާއި ހަވާލާދީ ލިޔެފައިވާ ހަބަރަކާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ޙަސަން ވިދާޅުވީ، ކިނޮޅަހުގައި އެއްވެސް ކަމެއް ނުހިނގާކަމަށް ލިޔެފައި ނެރޭއިރު، ރާއްޖޭގައި ދެންތިބި ރައްޔިތުން ތިބީ ނިދާފައި ނޫން ކަމަށެވެ. އަދި ސަރުކާރުން ވީ ވައުދުތައް ފުއްދަވާފައި އެއަށްވުރެ އިތުރަށް ވެސް ކަންކަން ކޮށްދެއްވަވާފައިވާ ކަމަށް ޙަސަން ވިދާޅުވިއެވެ.
"އެތާ ކައުންސިލްވެސް އެބަ އޮތޭ. އެތާ ދިވެހިރައްޔިތުންވެސް އެބަ ތިއްބޭ. މި ސަރުކާރުން ވެފައިވާ ހުރިހާ ވައުދެއް އެރަށުގައި މިހާރު އޮންނާނީ ފުއްދާ ނިންމާފައި. އަދި އެއީ ވައުދަށްވުރެ ބޮޑަށް ނިންމާފައި." ޙަސަން އަޙްމަދު ވިދާޅުވިއެވެ.
ޙަސަން މިފަދައިން ވިދާޅުވިއިރު، އެ ރަށަށް ވީ ވައުދުތައް ނުފުއްދަވާކަމަށް ލިޔެފައިވާ ލިޔުމާއި ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް ވެސް ވަނީ ލިޔުމުގައިވާ ވާހަކަތައް ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު