މި އަހަރު ޙައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ހައްޖަށް ދިޔަ ހައްޖުވެރިންނަށް ކޮފީއާއި ޕެނަޑޯލް، އެ ކުންފުނިން ވިއްކާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިހެން ވިދާޅުވީ ޙައްޖުވެރިންނަށް އާންމުކޮށް ހައްޖު ގުރޫޕުތަކުން ހިލޭ ފޯރުކޮށްދެމުން އައި ބައެއް ޚިދުމަތްތައް ޙައްޖު ކޯޕަރޭޝަނުން މިފަހަރު އަގު ނަގައިގެން ފޯރުކޮށްދިން ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ހިނގައިދިޔަ ގޮތެއް އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ކުރެއްވި ސުވާލަކަށް ލިޔުމުން މަޖިލީހަށް ދެއްވި ޖަވާބުގައެވެ.
ބޮންޑެ ލިޔުމުން ޖަވާބު ހޯއްދަވަން ފޮނުއްވި ސުވާލުގައި ބުނެފައިވަނީ ޙައްޖުވެރިންނަށް ކެއުމާއި ބުއިމުގެ ޚިދުމަތް ޙައްޖު ގުރޫޕުތަކުން ހިލޭ ފޯރުކޮށްދިން ނަމަވެސް މި ފަހަރު ޙައްޖު ކޯޕަރޭޝަނުން ޙައްޖުވެރިންނަށް ކޮފީ ވިއްކިކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އޭގެ އިތުރަށް ޙައްޖުވެރިންނަށް ބޮޑު އަގުގައި ޕެނަޑޯލް ގުޅަ ވިއްކާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށާއި އެގޮތުން ޙައްޖުވެރިންނަށް ރިޔާލަކަށް ޕެނަޑޯލް ގުޅައެއް އެ ކޯޕަރޭޝަނުން ވިއްކި ކަމުގެ ޝަކުވާ ލިބުނު ކަމަށް ވިދާޅުވެ އެކަމުގެ ހަގީގަތް ސާފު ކުރުމަށް ބޭނުންވާ ކަމަށް އެ ސުވާލުގައިވެއެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުން ހައްޖުވެރިންނަށް ތިންއިރުގެ ކެއުން ފޯރުކޮށްދިނުމުގެ އިތުރަށް، އިތުރު ޚިދުމަތެއްގެ ގޮތުގައި ކޮފީ ފޯރުކޮށްދިނުމަށް ޙައްޖުވެރިން ތިބި ހޮޓަލުގެ ލޮބީގައި ކޮފީ ޝޮޕެއް ހުޅުވައި ކޮފީ ވިއްކާފައިވާ ކަމަށެވެ.
އަދި ޙައްޖުވެރިންނަށް އެ ކުންފުނިން ޕެނަޑޯލް ވިއްކިކަމުގެ މައުލޫމާތު މިނިސްޓްރީއަށް ކުރިން ލިބިފައިނުވާ ކަމަށާއި، ނަމަވެސް މެންބަރު އިބްރާހީމް ރަޝީދުގެ ސުވާލާ ގުޅިގެން އެ ކުންފުނިން މައުލޫމާތު އޮޅުންފިލުވުމުން ޙައްޖުވެރިންގެ ތެރެއިން ޕެނަޑޯލް ބޭނުންވި ފަރާތްތަކަށް އެ ކުންފުނިން ޕެނަޑޯލް ވިއްކާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދިން ކަމަށް ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.
އެންމެ ފަހު ފަހަރު ރާއްޖެއަށް ލިބުނު ހައްޖު ކޯޓާގެ ދަށުން ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދިނީ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު