ދިވެހިރާއްޖެ އިގުތިސާދީ ފުން އަނދަވަޅަކަށް ނުވެއްޓި ސަލާމަތްވީ މި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ކޮމެޓީގައި ބަހުސް ކުރައްވަމުން ޝަރީފް މިއަދު ވިދާޅުވީ، ކޮވިޑުގެ ދަތިހާލަތާއި ގުޅިގެން ލިބުނު އާމްދަނީއަށްވުރެ ބޮޑަށް ހަރަދު ކޮށްގެން، ރާއްޖެއަށް ބޭނުންވާ ބޭހާއި އިންޖެކްޝަނާއި އެނޫންވެސް ތަކެތި ގެންނަން ޖެހުނު ކަމަށެވެ. އަދި ދުނިޔޭގެ މާލީ އިދާރާތަކުން ކަނޑައަޅާފައިވާ ދަރަނީގެ ރޭޝިއޯއަށްވުރެ ރާއްޖޭގެ ދަރަނި މިހާރު ވެސް މަތިވެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދީ ފުން އަނދަވަޅުގަނޑަކަށް ނުވެއްޓި ސަލާމަތްވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި، ކުރިމަގުގައި އަޅަންޖެހޭ ފިޔަވަޅުތައް އުނދަގޫ ކަމަށާއި ކުރަންޖެހޭ މަސައްކަތް ދަތި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ތަރައްގީ ވެފައިވާ ގައުމުތަކާއި އަޅާބަލާއިރު އަދި ރާއްޖޭގައި ދޭހިދުމަތްތަކަށް ބަލާއިރު މި ރާއްޖޭގައި ނަގާ ޓެކްސްގެ ރޭޓްތައް ދަށް ކަމަށެވެ.
އެހެންކަމުން، ދަރަނިން ސަލާމަތްވުމަށް އަޅާ ކުޑަ ފިޔަވަޅެއްގެ ގޮތުން، ޖީއެސްޓީއާއި ޓީ ޖީއެސްޓީ ބޮޑުކުރަން ތާއީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު