ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ހުރަސް އެޅުމަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ދިވެހި ރައްޔިތުންނަށް ހިލޭ ބެލޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ބުނާ މައްސަލައާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ހުރަސް އެޅުމަށް މި ސަރުކާރުން އެއްވެސް ކަމެއްކޮށްފައި ނުވާ ކަމަށާއި، އެފަދަ ގަވާއިދެއްވެސް ހަދާފައި ނުވާނޭ ކަމަށެވެ.
ނަމަވެސް، ފިލްމުތަކާއި އެނޫންވެސް ތަކެތި މީހުން ހަދަނީ އާމްދަނީއެއް ހޯދަން ކަމަށާއި ހަމަ އެގޮތަށް ފުޓްބޯޅަ މެޗުތައް ވެސް ދައްކަނީ އެއިން ފައިސާ ހޯދައިގެން، ޓީމުތަކަށާއި އިންތިޒާމު ކުރުމަށް ބޭނުންވާ ފައިސާ ހޯދަން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު މިފަހަރު އޮންނަ ވޯލްޑްކަޕް ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވެސް ހިލޭ ބެލުމުގެ ފުރުސަތު ކުޑަކަމަށް ކަމާގުޅޭ. ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު