ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުޑަކުދިން ދައްކާކަހަލަ ވާހަކަ ދައްކަވާތީ ހައިރާންވާކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ، ކުރީގެ ރައީސް ޔާމީނަށް ފާޑުވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންެދަވާ ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގައި އިސްކޮށް އުޅުއްވާ ޢަލީ ޒާހިރު އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.
ޔާމީން ވަނީ އެމަނިކުފާނުގެ ޝަރީއަތްތައް ދާގޮތް ޢަލީ ޒާހިރު އިރުއިރުކޮޅާ ބައްލަވަންޖެހޭ ސަބަބަކީ ކޮބައިކަމާމެދު ސުވާލު އުފައްދަވާ ފައެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން އިމްރާން މިއަދު ވިދާޅުވީ، ކުރީގެ ރައީސަކު ކުޑަކުދިން ދައްކާކަހަލަ ވާހަކަ ދައްކާތީ ހައިރާންވާކަމަށެވެ.
ރައީސް ޔާމީން ޢަލީ ޒާހިރަށް މި ތުހުމަތު ކުރެއްވިއިރު، ކޯޓުތަކުގައި ހިނގާ ޝަރީއަތްތަކަށް ޢަލީ ޒާހިރު ނުފޫޒު ފޯރުވާކަމަށް މީގެ ކުރިންވެސް ތުހުމަތުތަކެއް ކުރެވިފައިވެއެވެ.
މިފަދަ ތުހުމަތު ތަކާއި ގުޅިގެން އަލީ ޒާހިރު ވިދާޅުވެފައިވަނީ ރައީސް ޔާމިންގެ ޝަރީއަތް ދާގޮތް ބެއްލެވުމަކީ އޭނާ ޝައުގުވެރިކަން ދެއްވާ ކަމެއް ނޫން ކަމަށެވެ. އަދި ޔޫޓިއުބް މެދުވެރިކޮށް ޝަރީއަތް ލައިވް ކުރި ނަމަވެސް އެޝަރީއަތް ބައްލަވާނުލައްވާ ކަމަށްމާއި އެކަމަށް ވަގުތުވެސް ނުވާކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު