ނުބައި މީހުންނާއި ޖެހި ރަނގަޅު މީހުން ބަދަލުވާ ކަމަށާ އަބަދު އެކުގައި އުޅެވޭނީ ދެމީހުން އެއްކަހަލަ ވެގެން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓަކާއި ގުޅިގެން އޭނާ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ފަަހަރު ނުބައި މީހުނާއި ޖެހި ރަނގަޅު މީހުން ނުބައި މީހުންނަށް ބަދަލުވާ ކަމަށެވެ. އަދި ބައެއް ފަަހަރަށް ރަނގަޅު މީހުންނާއި ޖެހި ނުބައި މީހުން ރަނގަޅު މީހުންނަަށް ބަދަލުވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ބަދަލު ނުވެ އެކުގައި އުޅެވޭނީ އެއްކަހަލަ، އެއްގޮތް ވެގެން ކަމަށެެވެ.
އިމްރާންގެ މި ވާހަކަތަކާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔާފައެވެ. އިމްރާނަށް ޝޯޝަލް މީޑިޔާގައި ރައްދު ދިން ބައެއް މީހުން ބުނީ ޓްވީޓްގައި އޮތީ އިމްރާނަށް ވީ ގޮތް ކަމަށެވެ. އަދި އިމްރާން ނުބައިވެ، ހަލާކުވެއްޖެ ކަމަަށާ އެއީ އެފަދަ ބަޔަކާ ޖެހުމުން ވީ ގޮތް ކަމަަށް އޭނާ އާއި ދެކޮޅަށް ޝުއޫރު ފާޅުކުރި މީހުން ބުނެފައިވެއެެވެ.
"ނުބައި ބަޔަކާ ޖެހިގެން ބަދަލުވެފައި ތިހިތީ އިމްރާން. ތިޔަ ދައްކަނީ އަމިއްލަ ވާހަކަ." އިމްރާންގެ ޓްވީޓަށް ރައްދު ދިން އެހެން މީހަކު ބުނެފައި ވެއެވެ.
އިމްރާން މި މޭރުމުން ވާހަކަ ދެއްކެވީ ކޮންކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެެ. އެހެން ނަމަވެސް މިއީ އަދާލަތު ޕާޓީގައި ކުރީން އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނަަށް ނިސްބަތްކޮށް އިމްރާން ވިދާޅުވި ވާހަކައެއް ކަމަށް ބެެލެވެއެެވެ.
އެގޮތުން އަދާލަތުގައި ކުރީން އުޅުއްވި ބައެއް ބޭފުޅުންނާއި މިހާރު އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ތިއްބަވާ ގުރޫޕެއްގައި މީގެ ދެ ދުވަހެއް ކުރީން އެއް ބަޔަކު އަނެއް ބަޔަކަށް ރައްދުދީ ވާހަކަ ދައްކާ ހަދާފައިވާއިރު ބަހުގެ ހަމަލާތައް ގިނަވެ ބައެއް ބޭފުޅުން އެ ގުރޫޕް ދޫކުރަށްވާފައިވާ ކަމަށް ވެއެެވެ.
އެ ގުރޫޕުން ނިކުންނެވި ބޭފުޅުންނަށް އަމާޒުކޮށް ޓްވީޓާގައި އަދާލަތުގެ ބައެއް އިސްވެރީން ގެންދަވަނީ ނުސީދާކޮށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ދެމުންނެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިމްރާން މިފަހުން ތަފާތު މެސެޖުތައްދޭ ޓްވީޓްތައް ކުރަށްވަމުން ގެންދަވަނީ އަދާލަތުގެ މަގުބޫލްކަން ކުޑަވެފައިވާތީ އެޕާޓީއަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށެވެ. ނަމަވެސް ކުރަށްވާ އެފަދަ ގިނަ ޓުވީޓްތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވާކަން ވަނީ ފާހަގަކުރެވިފައެވެ.

Baeh faharu nubai meehuna jehi rangalhu meehun nubai meehunah badhaluve’eve. anehbai faharu rangalhu meehuna jehi nubaimeehun rangalhu ve’eve.abadhah eku ulheveynee ekkahala vegenneve.
— Imran Abdulla (@ShimranAb) October 17, 2022
އިމްރާންގެ މި ވާހަކަތަކާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔާފައެވެ. އިމްރާނަށް ޝޯޝަލް މީޑިޔާގައި ރައްދު ދިން ބައެއް މީހުން ބުނީ ޓްވީޓްގައި އޮތީ އިމްރާނަށް ވީ ގޮތް ކަމަށެވެ. އަދި އިމްރާން ނުބައިވެ، ހަލާކުވެއްޖެ ކަމަަށާ އެއީ އެފަދަ ބަޔަކާ ޖެހުމުން ވީ ގޮތް ކަމަަށް އޭނާ އާއި ދެކޮޅަށް ޝުއޫރު ފާޅުކުރި މީހުން ބުނެފައިވެއެެވެ.
"ނުބައި ބަޔަކާ ޖެހިގެން ބަދަލުވެފައި ތިހިތީ އިމްރާން. ތިޔަ ދައްކަނީ އަމިއްލަ ވާހަކަ." އިމްރާންގެ ޓްވީޓަށް ރައްދު ދިން އެހެން މީހަކު ބުނެފައި ވެއެވެ.
އިމްރާން މި މޭރުމުން ވާހަކަ ދެއްކެވީ ކޮންކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެެ. އެހެން ނަމަވެސް މިއީ އަދާލަތު ޕާޓީގައި ކުރީން އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނަަށް ނިސްބަތްކޮށް އިމްރާން ވިދާޅުވި ވާހަކައެއް ކަމަށް ބެެލެވެއެެވެ.
އެގޮތުން އަދާލަތުގައި ކުރީން އުޅުއްވި ބައެއް ބޭފުޅުންނާއި މިހާރު އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ތިއްބަވާ ގުރޫޕެއްގައި މީގެ ދެ ދުވަހެއް ކުރީން އެއް ބަޔަކު އަނެއް ބަޔަކަށް ރައްދުދީ ވާހަކަ ދައްކާ ހަދާފައިވާއިރު ބަހުގެ ހަމަލާތައް ގިނަވެ ބައެއް ބޭފުޅުން އެ ގުރޫޕް ދޫކުރަށްވާފައިވާ ކަމަށް ވެއެެވެ.
އެ ގުރޫޕުން ނިކުންނެވި ބޭފުޅުންނަށް އަމާޒުކޮށް ޓްވީޓާގައި އަދާލަތުގެ ބައެއް އިސްވެރީން ގެންދަވަނީ ނުސީދާކޮށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ދެމުންނެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިމްރާން މިފަހުން ތަފާތު މެސެޖުތައްދޭ ޓްވީޓްތައް ކުރަށްވަމުން ގެންދަވަނީ އަދާލަތުގެ މަގުބޫލްކަން ކުޑަވެފައިވާތީ އެޕާޓީއަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށެވެ. ނަމަވެސް ކުރަށްވާ އެފަދަ ގިނަ ޓުވީޓްތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވާކަން ވަނީ ފާހަގަކުރެވިފައެވެ.
ކިޔުންތެރިންގެ ހިޔާލު