ޕީޕީއެމަށް ދެން ވެރިކަން ލިބިއްޖެނަމަ ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް ފަށާނީ ތަންފީޒީ އެޖެންޑާއަކުން ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެެ.

ހއ. އަތޮޅު ދިއްދޫގައި މިރޭ ޕީޕިއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަށް ދެން ވެރިކަން ލިބިއްޖެނަމަ ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް ފަށާނީ ތަންފީޒީ އެޖެންޑާއަކުން ކަމަށެވެ. އަދި ކަންކަން ދިރާސާކުރަން ވަގުތު ނަގާލަން ބޭނުން ނުވާކަމަށާއި މިހާރު މި ހިނގާ ދުވަސްތަކަކީ ދިރާސާކުރަން ލިބިފައިވާ ފުރުސަތެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމިން ވިދާޅުވީ އަލުން ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރަައްޔިތުން އެދޭ ތަރައްގީގެ މަޝްރޫއުތައް ހިންގަވަން މަސައްކަތް ކުރަށްވާނެ ކަމަށެވެ.





ރައީސް ޔާމިން ވިދާޅުވީ ދިއްދޫ އަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް މި ސަރުކާރަށް ކޮށްދެވިފައި ނެތް ކަމަށެވެ. ޕީޕީއެމަށް ވެރިކަން ލިބިއްޖެނަމަ ދިއްދޫ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމިން ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ ހއ.ދިއްދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ.

"އަޅުގަނޑުގެ ފަސް އަހަރެއްގެ ދައުރު ދެން ނިމިގެންދާނީ ހަމަ ގައިމުވެސް ދިއްދޫ ފަޅު ހިއްކާފައި، އެއާޕޯޓެއް އަޅާދީފައި." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވީ ރައްޔިތުންނަށް ކަމެއް ކޮށްދިން ސިޔާސީ ލީޑަރަކު ސިޔާސީ މަޝްރަޙުގައި ނެތް ކަމަށެވެ. ރައްޔިތުންނަށް ކަމެއް ކޮށްދޭނަމަ ރައްޔިތުންގެ ހައްގުގައި ސިޔާސީ ލީޑަރުން ތެދުވަން ޖެހޭ ކަމަށް ރަައީސް ޔާމިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު