އަހުމަދު މަސްނޫމް   17 އޮކްޓޯބަރު 2022 - 17:41
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ޑިފެންސް މިނިސްޓަރ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގައި ބާއްވާ ޑިފެންސް އެކްސްޕޯ 2022 އާއި ޑިފެންސް ކޮންކްލޭވްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.



ޑިފެންސް މިނިސްޓަރ އަރިހުގައި ސިފައިންގެ ބައެއް އިސް އޮފިސަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިންޑިއާގެ ގުޖުރާތުގެ ގާންދީނާރުގައި ބާއްވާ ޑިފެންސް އެކްސްޕޯ އޮންނާނީ މިމަހުގެ 18 އިން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަތިޔާރާއި ޑިފެންސް ސިސްޓަމްތަކާއި އުޅަނދުތައް ދައްކާލާ މި އެކްސްޕޯގައި 1028 ފަރާތަކުން ބައިވެރިވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު