އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 95 މިލިއަން ރުފިޔާގެ ބަޖެޓެއް މާލިއްޔަތު ކޮމެޓީއަށް ހުށަހަޅައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓްގެ ތެރޭގައި ނުހިމެނޭގޮތަށް ވަކިން ހުށަހަޅާ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ފާސްކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މިބަޖެޓުގެ ތަފްސީލް ވަނީ އޮޑިޓް އޮފީހުން ހުށަހަޅާފައެވެ.
މިގޮތުން އޮޑިޓް އޮފީހުން މިއަހަރު ހުށަހެޅީ 95 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އޭގެތެރެއިން 62 މިލިޔަން ރުފިޔާއަކީ ރިކަރެންޓް ޚަރަދެވެ. އަދި 32 މިލިޔަން ރުފިޔާއަކީ ކެޕިޓަލް ޚަރަދުތަކެވެ.
މިއަހަރު 95 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރަށް އޮޑިޓް އޮފީހަށް ފާސްކޮށްފައިވަނީ 90 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ހުށަހަޅަމުން އޮޑިޓް އޮފީހުން ބުނީ އަންނަ އަހަރު އެއޮފީހުން 327 އޮޑިޓެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި 88 ކައުންސިލެއް އެއޮފީހުން އޮޑިޓް ކުރާއިރު، ބާކީހުރި ކައުންސިލްތައް އައުޓްސޯސްކޮށްގެން އޮޑިޓް ކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އޮޑިޓް އޮފީހުން މަޖިލީހަށް މައުލޫމާތު ދިނެވެ.
ކޮމިޓީއަށް މައުލޫމާތު ދެމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ކުރިއަށް ދިއުމަށް ކަމަށް ޤާބިލް މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓްގެ މަސައްކަތް މަޖިލީހުގައި ކުރެވެމުންދާއިރު މިމަހުގެ 31 ވަނަ ދުވަހު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުން އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު