11 އަހަރު ހައިކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށްފަހު، އެ މަޤާމުން ރިޓަޔާކުރައްވަން ހައިކޯޓުގެ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ނިންމަވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ މަގާމުން ރިޓަޔާ ކުރެއްވުމަށް ފަނޑިޔާރު ޝުއައިބު ހުށަހެޅުއްވުމުން އެކަން ބަލައިގަތުމަށް ކޮމިޝަނުން އިއްޔެ ނިންމާފައިވާ ކަމަށެވެ.
ޝުއައިބުގެ ރިޓަޔާމެންޓް ބަލައިގަތުމަށް ޖޭއެސްސީން ނިންމި ނަމަވެސް ރިޓަޔާ ކުރައްވާނެ ވަކި ދުވަހެއް ނުނިންމަވައެވެ.
ފަނޑިޔާރު ޝުއައިބު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2011 ވަނަ އަހަރުގެ މާޗް 26 ވަނަ ދުވަހުއެވެ.
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ވަނީ ޤަޠަރުގެ, ޤަޠަރު ޔުނިވާސިޓީ އިން ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ޙާޞިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވާފައެވެ.
ޝުއައިބު ވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރު ކަމާއި ޚާއްޞަ ޤާޒީ ކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޒީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްޤާޒީގެ މަގާމު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު