3 ޤައުމަކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހ. ޖެހޭވައި، އިބްރާހީމް ޝަހީބު އައްޔަން ކުރުމަށްޓައި މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވީ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިބްރާހީމް ޝަހީބު ކިންގްޑަމް އޮފް ބޫޓާން، ފެޑެރަލް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ނޭޕާލް އަދި ރިޕަބްލިކް އޮފް އަޒަރުބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައެވެ.
އިބްރާހީމް ޝަހީބަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއަށެވެ.
އިބްރާހީމް ޝަހީބަކީ މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާ ވަނީ މީގެކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު