ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން މައި ސަރުކާރުން ފާސްކުރަން ޖެހޭގޮތަށް އޮތް އޮތުން ބަދަލު ކުރައްވާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ހއ. ކެލާގައި ޕީޕިއެމުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، މައި ސަރުކާރުން ފާސްކުރަންޖެހޭ ލޭންޑް ޔޫސް ޕްލޭނާހެދި އެއްވެސް ރަށެއްގެ ރައްޔިތުން ބޭނުންވާ އަދި އިގްތިސާދި މަންފާއެއް ހޯދުމަށް ސިނާއީ މަސައްކަތް ކުރުމަށް ބިން ދެވޭނެ ގޮތެއް ނެތް ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން ޕްލޭނިން މިނިސްޓްރީން ފާސްކުރަން ނުޖެހޭ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ލޭންޑް ޔޫސް ޕްލޭން ހަދާ ސަބަބާއި މެދު ސުވާލު ކުރަށްވާފައެވެެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި މިކަން ކައުންސިލުތަކަށް ނޫނިއްޔާ ރައްޔިތުން ބާރުވެރިކުރުވުމަށް އެ ޕްލޭނަކީ އެއްގޮތަކަށް ވެސް މައި ސަރުކާރުން ފާސްކުރަން ޖެހޭ އެއްޗެއްގެ ގޮތުގައި މިހާރު އޮތް އޮތުން ނައްތާލާނަން،" ރައީސް ޔާމިން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދަންވާނީ އެ ރަށެއްގެ ރައްޔިތުން ކަމަށާއި، މާލެއާ ހަމައަށް ލޭންޑް ޔޫސް ޕްލޭން ފޮނުވަން ނުޖެހޭނެ ކަމަށެވެެ. ބިން ބޭނުންކުރަންވާ ގޮތް ނިންމާނީ އެ ރަށެއްގެ ރައްޔިތުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"އެ ލޭންޑް ޔޫސް ޕްލޭން ހަދައިގެން ބުރަ ވެސް އުފުލާނީ އަދި އޭގެން ފައިދާ ވެސް ލިބޭނީ އެ ރަށެއްގެ ރައްޔިތުންނަށް. އެއީ ދެއްތޯ ރައްޔިތުން ބާރުވެރިކުރުމަކީ." ރައީސް ޔާމިން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް ބޮޑެތި ވައުދުތައް ވުމަށްފަހު އެ ވައުދުތައް ފުއްދުމަށް ފުރުސަތު ލިބުމުން އެވައުދުތަކަށް އިހްމާލުވާ ބައެއް ކަމަށެވެ. އަދި ސަރުކާރުގެ މެނިފެސްޓޯގައިވާ ވައުދުތައް ނުފުއްދޭ ކަމަށާއި އޭގެ ބަދަލުގައި ދައްކަނީ ބަހަނާތަކެއް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު