އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ވޯޓު ދޭން ކާށިދޫ ދާއިރާގެ ރައްޔިތުންގެ ކިބައިން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ތާއީދުކުރައްވާކަން ހާމަކުރަށްވައި ކ. ކާށިދޫގައި މިރޭ ބޭއްވި ދަނޑުވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް އިތުރު ދައުރެއް ދިނުމަށް ކުރާ މަސައްކަތް ހުއްޓާނުލަައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

އަދާވަތްތެރިން ވަރަށް ގިނަވާނެ ކަމަށް ވިދާޅުވެ ރައީސް ސާލިޙުގެ ސްޕެޝަލް އެންވޯއީކަން ވެސް ކުރެއްވި ޖާބިރު މިރޭ ވަނީ ކާށިދޫ ދާއިރާގެ ސިޔާސީ ތަޅުދަނޑި ރައީސް ސާލިޙަށް އަރުވާފައެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު ނެތް ދުވަހަކުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިދާއިރާއަށް ވަޑައިގެންފިނަމަ 2023 ވަނަ އަހަރު އޮންނަ އިންތިޚާބުގައި އެމަނިކުފާނުގެ ނަންފުޅު ޖަހާށޭ ވޯޓް ކަރުދާސް ކޮޅުގައި،" ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ވިޔަފާވެރިވެރިޔާ ޖާބިރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު