ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދަނޑުވެރިކަން ކުރިއަރުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ކާށިދޫގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސާލީހު ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރާނެ ގޮތުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ތަފާތު ފޯރަމްތައް ބާއްވައިފިކަމަށާއި ދަނޑުވެރިންގެ ފަރާތުން ފާހަގަކުރެވުނު އެންމެ ބޮޑު އެއް ޝަކުވާއަކީ ދަނޑުވެރިކަމަށް ދިގު މުއްދަތަކަށް އިންވެސްޓް ކުރަން އެކަށީގެންވާ ބޮޑުމިނުގެ ބިން ނުލިބުމުގެ ޝަކުވާކަމަށެވެ. އަދި މިދިޔަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރި އިރު، ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ، ސަރުކާރުން ދަނޑުވެރިކަމަށް ދޫކުރާ ލުއި ލޯނުގެ މިންވަރު ކުޑަވުންކަމަށާއި އަނެއް ކަންބޮޑުވުމަކީ، އަމިއްލަ ފަރުދުންނާއި ކުންފުނިތަކާ ދެމެދު ހުރި ފަރަގުގެ ސަބަބުން، ލޯނު ހޯދުމުގައި ކުރިމަތިވާ ދަތިތައްކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ ޝަކުވާތައް އަޑު އަހައި، އެކަމަށް މިހާރު ވާނީ އެދެވޭ ޙައްލެއް ހޯދައިދީފައި. މިހާރު އަމިއްލަ ފަރުދުންނަށްވެސް 2 މިލިޔަން ރުފިޔާއާ ހަމަޔަށް ލޯނު ހޯދުމުގެ ފުރުޞަތު އޮންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ނިސްބަތުން ދަނޑުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ނުކިއްސަރު ކަންތައްތަކެއް ފާހަގަކުރެވޭކަމަށެވެ. އޭގޮތުން ފުރަތަމަ ކަމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބޭނުންޖެހިފައިވާ މިންވަރާއި އުފެއްދޭ މިންވަރުގައި ހުރި ނުބައްދަލުކަންކަމަށާއި އަނެއް ކަމަކީ، އުފައްދާ ތަކެތި ތާޒާކަމާ އެކު ބާޒާރަށް ނެރުމުގައި، ދަނޑުވެރިންނަށް ކުރިމަތިވާ ހުރަސްތައްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް ސަމާލުކަން ދޭންޖެހޭ އަނެއް ސަބަބަކީ، ދުނިޔެއަށް އަންނަމުންދާ އެކި ލޮޅުންތައްކަމަށެވެ.
"ބައެއް ދުވަސްވަރަށް ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ. އެހެން ނޫނީ، ޢަސްކަރީ ކުރިމަތިލުމެއް ނުވަތަ ހަނގުރާމައެއް ފެށިދާނެ. މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ފުޑް ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކޯވިޑް-19ގެ ބަލިމަޑުކަން. މިއަދު އޮތް ހުރަހަކީ ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ.
މިފަދަ ކޮންމެ ލޮޅުމަކާއެކު، ކާނާގެ ރައްކާތެރިކަމަށް އެތައް ހުރަސްތަކަކާއި ދަތިތަކެއް އެބަ ކުރިމަތިވޭ. މިއީ ސީރިއަސް ގޮތެއްގައި ވިސްނައި ދުރާލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔެ ކިތަންމެހާ ވެސް ތަރައްޤީވެއްޖެކަމަށާއި އިމްޕޯޓް އެކްސްޕޯޓް ވަރަށް ފުޅާވެ އެހާމެ އަވަސްވެއްޖެކަމަށެވެ. ނަމަވެސް، އެކަށީގެންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ކާނާ ލިބޭނެ ކަމުގެ ޔަޤީންކަން އެއްވެސް ޤައުމަކަށް މިހާރަކު ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި އަޅުގަނޑުމެންގެ ރާއްޖެއަށް އެ ޔަޤީންކަން މާ ބޮޑަށްވެސް ކުޑަ. ޙައްލަކީ ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާކުރުން. ޚާއްޞަކޮށް ރާއްޖެއަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ބާވަތްތަކުގެ ދަނޑުވެރިކަން ފުޅާކުރުން. އެފަދަ 17 ބާވަތެއް ރާއްޖޭގައި ހައްދަމުން އަންނަ ކަމަށް، މިދިޔަ އަހަރުގެ ދަޑުވެރިންގެ ދުވަހު ވެސް އަޅުގަނޑު ދެންނެވިން.އެ ބާވަތްތައް ހައްދާ މިންވަރު އިތުރުކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން މިހާރު އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް ވެސް، ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ.
"ގައިން ގަޔަށް ނާރާ ނުރައްކާތެރި ބޮޑެތި ބަލިތައް ރާއްޖޭގައި ފެތުރޭ މިންވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން. ސަބަބަކީ އަޅުގަނޑުމެން ކާބޯތަކެތީގައި އެކުލެވޭ ކެމިކަލް މާއްދާތައް ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް. ހަގީގީ ސަބަބު އޮތީ ހޯދަންޖެހިފައި.
އެފަދަ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތަސް، އެއީ ޞިއްޙަތަށް އެންމެ ރަނގަޅު ކާނާ ނޫން ކަމަށް މުޅި ދުނިޔެވެސް މިއަދު އެއްބަސްވޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަރާފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތައް ވެސް މިއަދު އަމާޒު ހިފާފައިވަނީ އޯގަނިކް ފާމިންއަށްކަމަށެވެ. އަދި ކެމިކަލްތައް ދޫކޮށް، ޠަބީޢީ ކާނާއިން ދަނޑުވެރިކަން ކުރުމަކީ އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް އިސްކަން ދޭންވީ ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަށް ދަނޑުވެރިން ތަމްރީންކުރަންވެސް ޖެހޭނެކަމަށާއި އެކަމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސަން ޖެހޭނެކަމަށެވެ. އަދި އެކަންކަމަށް އެގްރިކަލް މިނިސްޓްރީން މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.
"މިދިޔަ 4 އަހަރުގެ ތެރޭގައި 49 ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ޖުމްލަ 1390 ދަނޑުވެރިން ވަނީ ތަމްރީނުކޮށްފައި." ރައީސް ވިދާޅުވިއެވެ..
ރައީސް ވިދާޅުވީ މިޒަމާނުގެ ދަނޑުވެރިކަމަކީ ހަމައެކަނި ބޮޑެތި ހުސްބިންތަކުގައި ކުރާ ކަމެއް ނޫންކަމަށާއި ޓެކްނޮލޮޖީގެ ބަހުރުވައިގައި ކޮންމެ ތަނަކީ ވެސް ދަނޑުބިމެއްކަމަށެވެ. އަދި ކޮންމެ އިމާރާތެއްގެ ފާރަކީ ވެސް ދަނޑެއްކަމަށާއި ގޭ ފުރާޅަކީ ވެސް ދަނޑެއްކަމަށެވެ. އަދި މިއީވެސް ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވަމުން އަންނައިރު، އަޅުގަނޑުމެން ވިސްނުން ހިންގަން ވަރަށް މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެން ބޭނުންވާ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ، ދަނޑުވެރިކަން ކުރިއަރުވައިގެންކަމަށެވެ. އަދި ދަނޑުވެރިންގެ ލުއިފަސޭހައަށްޓަކައި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށްވެސް ރަޢީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު