އަދާލަތު ޕާޓީއަށް ވަދެގެން މާތް ﷲ ގެ ދިންނެވުން ނުލިބޭނެކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވުމާއި ގުޅިގެން، އަދާލަތުގެ ރައީސް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ޔާމީނަށް ރައްދު ދެއްވައިފިއެވެ.
ހއ. ގެ ފަސް ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޔާމީން ވިދާޅުވީ، އަދާލަތު ޕާޓީ އުފެދިގެން އައި ދުވަސްވަރު ހީފުޅުކުރެއްވީ، ﷲ ގެ ދިންނެވުމާއި ފުއްސެވުން ލިބޭނީ އަދާލަތާއި ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު ކަންހިނގަނީ އިދިކޮޅަށް ކަމަށާއި، އަދާލަތަށް ވަދެގެން ދިންނެވުމާއި ފުއްސެވުން ލިބޭނެކަމަށް މިހާރު ހީފުޅުނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ މި ވާހަކައަށް ރައްދު ދެއްވަމުން އިމްރާން މިއަދު ވިދާޅުވީ، އަދާލަތަށް ވަންނަނީ މީހުންނަށް އަނިޔާކުރުމާއި ވައްކަންކުރުމަށް ކަމަށްވާނަމަ ޔާމީން ވިދާޅުވީ، ތެދުފުޅެއް ކަމަށެވެ.
ނަމަވެސް އެ ޕާޓީއަށް ވަންނަނީ، ﷲ ގެ ދީނަށް އުޅެ، ދީން މަތިވެރިކޮށް ހެޔޮލަފާ މުއުމިނަކަށް ވުމުގެ ނިޔަތުގައި ނަމަ ދިންނަވާ ނަސީބު ލިބޭ މީހަކަށް ވާނެކަމަށެވެ.
އިމްރާންގެ ރައްދުގައި، މީހުންނަށް އަނިޔާ ކުރުމާއި ވައްކަން ކުރުމުގެ ވާހަކަ ވިދާޅުވެފައި އެވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި ކަންކަމާއި ގުޅުވައިގެންކަމަށް ބެލެވެއެވެ.
އެފަދަ މަގާމެއް ވާހަކަފުޅުދައްކަވާ ކޮންމެ ފަހަރަކުހެން ރައީސް ޔާމީން ގެންދަވަނީ އަދާލަތު ޕާޓީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވަމުންނެވެ.
އެގޮތުން، ރޭގެ ޖަލްސާގައި ޔާމީން ވަނީ، "ފަތަން ނޭންގޭނަމަ ކަނޑަށް ފުންމާނުލުމަށް" ވެސް އަދާލަތަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު