ކޮއްދިއްޕަރު ރިސޯޓް ކައިރީގައި އޮތް ސަފާރީއެއް ދިޔަވާތީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، “އެމްވީ އެމްޕެރަރ ވޮޔޭޖަރ” ނަމަކަށް ކިޔާ މި ސަފާރީ ދިޔަވަމުންދާއިރު އޭގައި 36 މީހުން އެބަތިއްބެވެ.

އެ ސަފާރީއަށް ދިޔަވާކަމުގެ މައުލޫމާތު މިއަދު 14:48 އެހާއިރު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ސަފާރީގައި 22 ޓޫރިސްޓުންނާއި 14 ފަޅުވެރިން އެބަތިބިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑުގެ ސިފައިންގެ އެހީގައި ސަފާރީން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ނަމަވެސް، މިކަން ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު