2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ކުދި ރަށްރަށަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް މިފަދައިން ވިދާޅުވީ، ހއ. އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތުރާކުނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ދައުރެއް ނިމިގެންދިޔައިރު، ޒިޔާރަތް ނުކުރެއްވެވި ހުރި ކުދި ރަށްރަށަށް މިފަހަރު ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެ ރަށްރަށަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އަދި އެއްގޮތަކަށް ވެސް ކުދިކުދި ރަށްރަށަކީ ތަރައްގީގެ މަޝްރޫއުތަކުން ބީވެގެންދާނެ ރަށްރަށްކަމުގައި ދެކެވަޑައިނުގަތުމަށް ވެސް ތުރާކުނު ރައްޔިތުންނަށް ނިސްބަތްކުރައްވާ އެމަނިކުފާނު ވިދާޅުވިއެވެ.
''ﷲ ގެ ރަޙްމަތާއެކީ މި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އަޅުގަނޑުމެން ދިވެހި ރައްޔިތުން އެދޭ އަޅުގަނޑުމެންނަށް ފަހި ފާގަތި ރިޔާސީ އިންތިހާބަކަށް ވެގެން ގޮސް މި ފުރުސަތު ﷲ އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވައިފިނަމަ ކުދިކުދި ރަށްރަށުގަ ނުކުރެވި ހުރި މަސައްކަތްތައް އިސްކަމެއްދީގެން އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ ދެން ކުރާނަން." އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އާބާދީ ބޮޑުވުމުން، ބޮޑެތި ރަށްރަށަށް ބޭނުންވާ ކަންތައްތަކަށް އަބަދު ވެސް އިސްކަންދެވޭ ކަމަށާއި އެއީ ތޮބީއީ ކަމެއް ކަމަށެވެ. ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި ކުދި ރަށްރަށަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ޔާމީން މިހާރު ގެންދަވަނީ ދޭތެރެއަކުން އަތޮޅުތެރެއަށް ޒިޔާރަތް ކުރައްވާ ކެމްޕޭން ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު