ޔޯގާ ދުވަސް ފާހަގަ ކުރުމަށް ހިންގި ހަރަކާތް ހުއްޓުވަން މަސައްކަތް ކުރި މައްސަލާގައި ދައުލަތުން ދައުވާކުރާ، ދީނީ ދެ އިލްމުވެރިންކަމަށްވާ ޝެއިޚް ނިޝާނާއި ފަޟްލޫން މުޙައްމަދުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.

ފަޟްލޫން މިއަދު ވިދާޅުވީ، އޭނާއާއި ޝެއިޚް ނިޝާންގެ މައްޗަށް ކުރާ ދައުވާގެ އިބުތިދާއީ އަޑުއެހުމެއް މާދަމާގެ 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށާއި ކޯޓަށް ހާޒިރުވުމަށް މިހާރު ޗިޓު ފޮނުވާފައިވާ ކަމަށެވެ.

ކޯޓަށް ކިޔުމާއި ގުޅިގެން ފަޟްލޫން ވަނީ އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ހޯމް މިނިސްޓަރު އިމްރާންގެ އަމުރަކަށް ކުރާ ދައުވާއެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ކޮންމެ އަނިޔާއެއް ދިނަސް "ލާދީނީ ބައިގަނޑަށް" ދޫ ނުދިނުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ފަޟްލޫނާއި ނިޝާންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.



އެ ދެބޭފުޅުން ފުލުހުންގެ ހައްޔަރުގައިވެސް އެތައް ދުވަހެއް ވަންދެން ބޭތިއްބިއެވެ. ނަމަވެސް، މިވަގުތު ތިއްބެވީ ކޯޓުން ދޫކޮށްލަން އަމުރު ކުރުމުން ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު