މ. ވޭވަށުގައި މި ސަރުކާރުން ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތައް ފެނި ޕީޕީއެމް، ޕީއެންސީގެ މެންބަރުން ތިބީ ގެއިން ބޭރަށް ނުކުންނަން ނުކެރިފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އެ ތަންތަނަށް ވަޑައިގެންނެވުމަށްފަހު އިކްރާމް މިއަދު ވިދާޅުވީ، މި ސަރުކާރުން ވޭވަށުގައި ހަދާފައިވާ ޒަމާނީ ބަނދަރުގެ އިތުރުން، ހިންގަމުން ގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ މެންބަރުން ތިބީ ލަދުން ގެއިން ނުކުންނަން ނުކެރިފައި ކަމަށެވެ.

އަދި އެ ފަރާތްތަކުން ދަނީ އެމްޑީޕީއާއި ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިކުރާމް މިއަދު ވަނީ ދިއްގަރާއި، މ. މަޑުއްވަރީގައި މި ސަރުކާރުން ހިންގަން ވައުދުވި ކަންކަން ވެސް ފުރިހަމަ ކޮށްދެއްވަމުން ގެންދަވާކަމަށް ވިދާޅުވެ ސަރުކާރަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު