އިބްރާހިމް ފަހީމް   16 އޮކްޓޯބަރު 2022 - 16:24
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ ހެންވޭރު އަންދަރަސްހަވާ ގޭގައެވެ. އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު މިއަދު 14:45 ހާއިރު ލިބުމުން އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރމަނުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.

ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 15:00 ހާއިރު ކަމަށާއި އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ހާދިސާއާ ގުޅިގެން އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު