ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މ. ދިއްގަރަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާކަން، އިދިކޮޅު ޕީޕީއެމްގެ ބޭފުޅުންވެސް ހެކިވާކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އިކުރާމް ޙަސަން ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން އެ ރަށުގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން އިކްރާމް ވިދާޅުވީ، ރައީސް ޞާލިޙް އެ ރަށަށް ވެވަޑައިގެން ވައުދުތައް ފުއްދަވައިދެއްވަމުން ގެންދަވާކަން ޕީޕީއެމް، ޕީއެންސީގެ މެންބަރުންވެސް ހިމެނޭހެން ބަލައިގަންނަކަމަށެވެ.
އަދި ދިއްގަރު އަންނަނީ ބޮޑުވަމުން ރީތިވަމުން ކަަމަށް ވިދާޅުވެ ރައީސް ޞާލިޙަށް އިކްރާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދިއްގަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު