ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ހއ. އިހަވަންދުއަށް ވަޑައިގެންނެވުމުން، އެ ރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުނުކުތީ، މި ސަރުކާރުގެ ތަރައްގީ ބަލައިނުގަންނާތީ ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިފަދައިން ވިދާޅުވީ، އިހަވަންދޫ ރައްޔިތުންނެކޭ އެއްގޮތަށް، މެންބަރު ޝިފާއު ވެސް ރައީސް ޔާމީންގެ ޓީމާއި ގުޅުމަށް ދައުވަތު އަރުވައި، މީހަކު ކުރި ޓްވީޓަކާއި ގުޅިގެނެވެ.

އޭގެ ރައްދުގައި ޝިފާއު ވިދާޅުވީ، ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް އިހަވަންދޫން މީހުން ނުނުކުތީ، ހިނގަމުންމިދާ ރައީސް ޞާލިޙްގެ ސަރުކާރުން އިހަވަންދޫއާއި މި ގައުމަށް ގެންނަ ތަރައްގީ އެ ރައްޔިތުން ބަލައިގަންނާތީ ކަމަށެވެ.

އަދި އެއީ ޕީޕީއެމްގެ އަނިޔާވެރި ވެރިކަމަށް ދުވަހަކުވެސް އާނބަސް ބުނަން ބޭނުން ނުވާތީ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.



ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް އިހަވަންދޫން މީހުން ނުނުކުންނަކަމަށް ވިދާޅުވިނަމަވެސް، އެ ރަށުން ގިނަ ބަޔަކު ވަނީ ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ދަންނަވާފައިކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު