ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން އެގޮތަށް ވާހަކަ ދައްކަނީ، ހިތުހުރި ގޮތަކަށް ސަރުކާރު ތެރެއިން ކަންކަން ނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިއަދު ވިދާޅުވީ، ދިމާވާ ގިނަ މީހުން ބުނަނީ، 1000 ރުފިޔާއިން 20 ރުފިޔާ، ގައުމުގެ ތަރައްގީއަށް ހޭދަކުރަން ދޭން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އަދި އެއްބަޔަކު އެކި ދުވަހު އެކި ގޮތަށް މިކަމާއި ގުޅިގެން ވާހަކަ ދައްކާ ފިތުނަ ކުރަން އުޅެނީ، އަމިއްލައަށް އެދޭ ހުރިހާކަމެއް ސަރުކާރުގެ ތެރެއިން ހިތުހުރި ގޮތަކަށް ނުވާތީ ކަމަށެވެ.
ނިހާދު މިފަދައިން ވިދާޅުވެފައި މިވަނީ، މުދަލާއި ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމާއި ގުޅިގެން އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެނެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށައެޅުމާއި ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް ދަނީ އެކަމާ ދެކޮޅުހަދައި ފާޑުކިޔަމުންނެވެ. ހާއްސަކޮށް ސަރުކާރުގެ ހަރަދުތައް ކުޑަނުކޮށް ޖީއެސްޓީ ބޮޑުކުރުން ބަލައި ނުގަނެވޭނެ ކަމަށް އެ މެންބަރުން ދަނީ ވިދާޅުވަމުންނެވެ.

Dhimaavaa gina Meehun bunanee 1000 MRF in 20, Gaumuge Tharaggee ah heydha kurumah evves massala eh neih kamah!
— Feydhoo Meehaa (Mohamed Nihad) (@nihad_m) October 15, 2022
Eh bayakau eki dhuvahu eki gothah mikamaai gulhigen Vaahaka dhakkai Fithuna kuran ulhenee amilla edhey hurihai kameh sarukaaru therein hithuri gothakah nuvaathee!
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށައެޅުމާއި ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް ދަނީ އެކަމާ ދެކޮޅުހަދައި ފާޑުކިޔަމުންނެވެ. ހާއްސަކޮށް ސަރުކާރުގެ ހަރަދުތައް ކުޑަނުކޮށް ޖީއެސްޓީ ބޮޑުކުރުން ބަލައި ނުގަނެވޭނެ ކަމަށް އެ މެންބަރުން ދަނީ ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު