ދެންއޮތް ހަރުފަތަށް ދިއުމަށްޓަކައި ޒަމާނާ އެއްގޮތަށް ދަނޑުވެރިކަން ބައްޓަން ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޑރ.ޙުސައިން ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާޢަތަށް މިހާރު ބަދަލުތަކެއް ގެންނަން ޖެހިފައި ވާކަމަށެވެ.
އެގޮތުން ދަނޑުވެރިކަން ކުރުމުގައި ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި ދަނޑުވެރިކަން ކުރަން ލިބޭ ބިންކޮޅުން ރަނގަޅު ނަފާއެއް ހޯދޭނެ ގޮތަކަށް ދަނޑުވެރިކަން ކުރުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.
"އަމާޒަކަށް ވާންވާނީ ބޮޑު އަގުގަ ތަކެތި ވިއްކޭނެ ގޮތަކަށް ދަނޑުވެރިކަމުގެ ވިޔަފާރިވެސް ފުޅާކުރުން." މިނިސްޓަރ ވިދާޅުވިއެވެ.
މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވޯކްޝޮޕްގައި ބައިވެރިވި 28 ދަނޑުވެރިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ. މި ދަނޑުވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަނެވެ.
ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި ކާށިދޫގެ ކައުންސިލުގެ އިސް ބޭފުޅުންނާއި ދަނޑުވެރިން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ކާށިދޫގައި ފާހަގަ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު