ރާއްޖޭ ސަރަޙައްދުން މީގެ ކުރިން އަތުލައިގަތް ބޭރުގެ ބޯޓެއް
ރާއްޖޭ ސަރަޙައްދުން މީގެ ކުރިން އަތުލައިގަތް ބޭރުގެ ބޯޓެއް
ގދ. ނަޑެއްލާ ކައިރިން 10 މީހުންނާ އެކު ދަތުރުކުރި ބޯޓެއް، ފަރަށް އަރައިފިއެވެ.

ފުލުހުން މިއަދު ބުނީ ނަޑެއްލާ ކައިރިން ބޯޓެއް ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، ރޭ 6:21 ހާއިރު ކަމަށެވެ.

އެ ބޯޓުގައި ތިބީ ޕާކިސްތާނަށް ނިސްބަތްވާ 10 މީހުން ކަމަށާއި އެމީހުން ނަޑެއްލާއަށް ގެންގޮސްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުންބުނީ އެމީހުންގެ ޙާލު ރަނގަޅު ކަމަށެވެ.

ފުލުހުން ބުނީ ބޯޓު ފަރަށް އަރާފައި އޮތް ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން