ދުނިޔޭގެ އެންމެ ރަހުމަތްތެރި 10 ގައުމުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ ހިމެނިއްޖެއެވެ.

2022 ވަނަ އަހަރުގެ ރީޑާސް ޗޮއިސް އެވޯޑުގެ ނަތީޖާއަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ މިލިސްޓުގައި ސްރީލަންކާ ހިމެނިފައިވަނީ 9 ވަނައިގައެވެ. 2022 ވަނަ އަހަރުގެ ރީޑާސް ޗޮއިސް އެވޯޑުުން ލަންކާ އަކީ ރަހުމަތްތެރި ގައުމެއްގެ ގޮތުގައި ލިސްޓުކޮށްފައިވާއިރު، ލަންކާގެ ރައްޔިތުންގެ ހިތްހެޔޮކަންވެސް ފާހަގަކޮށްފައިވެއެވެ.

"ކުޑަކުދިންނުން ފެށިގެން އުމުރުން ދުވަސްވީ މީހުންނާ ހަމައަށް ލަންކާގެ ރައްޔިތުން ފާހަގަވަނީ އެގައުމަށް ޒިޔާރަތްކުރާ މީހުންދެކެ ލޯބިވާ، ހިތްހެޔޮ އަދި އެހީތެރިވުމަށް އިސްނަގާ ބައެއްގެ ގޮތުގަ."

ދުނިޔޭގެ އެންމެ ރަހުމަތްތެރި 10 ގައުމުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ ހިމެނިފައިވާއިރު، މިލިސްޓުގެ އެއްވަނައިގައި ހިމެނެނީ ފްރެންޗު ޕޮލީނީސިއާ އެވެ. އަދި ދެވަނައިގައި ކޮލަމްބިއާ ހިމެނޭއިރު، ތިންވަނައިގައި ނިއުޒިލޭންޑު، ހަތަރުވަނައިގައި ތައިލެންޑުގެ އިތުރުން، ލިސްޓުގެ ފަސްވަނައިގައި ކޯސްޓަރިކާ ހިމެނިފައިވެއެވެ. މީގެއިތުރުން، ސްރީލަންކާގެ ކުރިއަށް، ބޮޓްސްވާނާ، ޕެރޫ އަދި ބެލީޒް ލިސްޓުކުރެވިފައިވާއިރު، މިލިސްޓުގެ ދިހަވަނައިގައި ހިމެނެނީ ފިލިޕީންސެވެ.


ކިޔުންތެރިންގެ ހިޔާލު


4

މޮހޮނާ

08-Oct-2022

ސިރީލަންކާގައުޅެނީމަކަރުވެރިވަގުން


0

ހަމަތެދެއްތަ

08-Oct-2022

ދިވެހިންނަކީ ވަރަށް ހިތް ހެޔޮބައެކޭ އަބަދު ލިއުންތަކުން ފެނާތީވެ. ހަޤީޤަތުގައިވެސް ހިތް ހެޔޮ ކަމުގެ އެވަނައަށް ދިވެހިޤައުމު ވާނެކަމަށް. މިހާރު އެނގިއްޖެ ދިވެހިޤައުމުގައި ހިތް ހެޔޮވެގެން ފައިދާ ނަގަނީ މިއުޅޭ ސިޔާސީ ވެރިންނާ ލުއި މުއަގަކުން ކުއްސަދިވެފައިތިބި މަހުޖަނުން ބޭރުމީހުންނަށް އޮޅުވާލާ ކެހިދީގެން އެރީތިނަން ގެއްލފައިވާކަން.


-4

މިއަދު

08-Oct-2022

ޡޒަމާނުއްސުރެ ދިވެހިންނަކީ ވ ހިތްހެޔޮ އޯގާތެރި އަޅާ ބައެއްކަމަށް ތާރީޚުތައްބުނެދޭ ތިފަދަލިސްޓެއްގަވެސް ރާއްޖެ ހިމެނިފައިނުވާތީ އެބުނުންތަކާމެދު ސުވާލުއުފެދޭ


-2

ޙަސަންބެ

08-Oct-2022

ރާއްޖެ އޮތީކިތައްވަނައިގަ ކަން ބުނެލިނަމަ ސަޅިވީސް.



ޓްރެންޑިން