މަކަރާ ހީލަތުގެ މައްސަލައަކާ ގުޅިގެން ކ. ގުރައިދޫ މީހަކު ހޯދުމަށް ފުލުހުން ޢާއްމުކޮށް އިޢުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން އިޢުލާނުކޮށްފައިވަނީ ކ. ގުރައިދޫ، ވިނަރެސް، އިޙުސާން ޢަބްދުއްޞަމަދު ހޯދުމަށެވެ.

ފުލުހުންގެ އިޢުލާނުގައިވަނީ އިޙުސާން ޢަބްދުއްޞަމަދު 2022 އޮކްޓޯބަރ 16 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ޙާޟިރުވުމަށް އަންގާފައެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އާމިރު ހޯދުމަށް ފުލުހުން ޢާއްމު އިޢުލާނެއް ކޮށްފައި މިވަނީ އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން