ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އިތުރު 3 ކުންފުންޏަށް ހުއްދަ ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ، ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް އިތުރު ތިން ކުންފުންޏަކަށް ހުއްދަ ދީފައިވާ ކަމަށެވެ.

އެގޮތުން މިއަދު ހުއްދަ ދީފައިވާ ކުންފުނިތަކަކީ މަޙަލްދީބް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑާއި، ރައުޟާ ލިލްޙައްޖި ވަލްޢުމްރާ ޕްރައިވެޓް ލިމިޓެޑާއި، ޘާބިތު ލިލްޙައްޖި ވަލްޢުމްރާ ޕްރައިވެޓް ލިމިޓެޑަށެވެ.



އިސްލާމިކް މިނިސްޓްރީން ބުނީ ޢުމްރާއަށް މީހުން ގެންދިއުމަށް މިކުންފުނިތަކަށް ދޫކޮށްފައިވަނީ 2 އަހަރު ދުވަހުގެ ހުއްދައެއް ކަމަށެވެ.

މިއަދު ހުއްދަ ދިން 3 ކުންފުންޏާއެކު ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނީގެ އަދަދުވަނީ 44 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން