ފަރަންސޭސިވިލާތުގެ ޕެރިހުގައި މިއަހަރުގެ ޖުލައި 26 އިން އޮގަސްޓް 11އަށް އޮންނަ ބައިނަލްއަގުވާމީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފަޚުރު ހޯދި ދިވެހި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އޮލިމްޕިކްސްއަށް ކޮލިފައިވުމަށް ކުޅޭ މެޗުތައް ކުޅުމަށް ފަހު ދީމާ މާލެއައީ މިއަދު އެވެ. އޭނާގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދީމާގެ ކާމިޔާބީ ފާހަގަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ހިތްވަރު ދެއްވައިފަ އެވެ. އަދި ދިވެހި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.
ދެކުނު އޭޝިއާ ސަރަޙައްދުގެ އޮލިމްޕިކް ކޮލިފައިން ޓޭބަލްޓެނިސް ފައިނަލް މެޗު ކާމިޔާބުކޮށް ފާޠިމަތު ދީމާ މި ހޯދި ޝަރަފާއެކު، ރާއްޖޭގެ ތާރީހުގަައި އޮލިމްޕިކް ކޮލިފައިން ފައިނަލެއް ކާމިޔާބުކޮށް އޮލިމްޕިކްސްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ އެތުލީޓަށް، އަދި އޮލިމްޕިކްސްގައި ޓޭބަލްޓެނިސް ކުޅުމުގެ ފުރުސަތު ލިބޭ ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށްވެސް ދީމާ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު