ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަން ނަގާފީ ކަނޑާލައިފިއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ބުނީ ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަން ކޮންމެ އުޅަނދަކުން ނަގަމުންދިޔަ 150 ރުފިޔާގެ ގޭޓް ފީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ނެގުން ހުއްޓާލާފައިވާ ކަމަށެވެ.
އޭގެ އިތުރުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އާންމުންނާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500 ރުފިޔާއަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވެމްކޯއިން މަޢުލޫމާތުދެއެވެ.
މީގެ ކުރިން ކުނި ޓަނަކަށް ޓިޕިންގް ފީގެ ގޮތުގައި ނަގަމުން އައީ 750 ރުފިޔާ އެވެ.
ހަމައެއާއެކު މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ގާއިމުކުރެވެންދެން މާލެ ޓްރާންސްފާ ސްޓޭޝަންގައި ބަރުދަނަށް ރިޢާޔަތްކޮށް އަގު ނެގުން ހުއްޓާލާފައިވާ ކަމަށްވެސް ވެމްކޯ އިން ބުނެފައިވެ އެވެ.
ވެމްކޯ އިން ކުނި ޓަނަަކަށް ނަގަމުންދިޔަ 750 ރުފިޔާ 500 ރުފިޔާއަށް ކުޑަކޮށްދެއްވާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ސަރަޙައްދުގައި ވެމްކޯއަށް ފީދައްކަންޖެހޭ 53،690 ގޭބިސީ ހުރިނަމަވެސް ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20،000 ގޭބިސީން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު