ފިލްމީތަރި ކަންގަނާ ރަނައުޓް ގެ މިލްކިއްޔާތުގައި 91 ކަރޯޑް ރުޕީސްގެ މުދާ ހުރިކަމަށް ހާމަކޮށްފިއެވެ.

މިކަން ހާމަވެގެންދިޔައީ، އިންޑިއާގައި މިހާރު ކުރިއަށްދާ ލޮކް ސަބާ އިލެކްޝަންގައި ބީޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ މަންޑީގެ ގޮޑިއަކަށް ވާދަކުރަމުންދާ ކަންގަނާގެ އެސެޓް ޑިކްލެއަރކޮށް މާލީ ބަޔާން އާންމު ކުރުމާއެކުއެވެ.

އެބަޔާނުގައި ވާގޮތުން ކަންގަނާގެ މިލްކިއްޔާތުގައި، 6.7 ކިލޯގެ ރަނާއި 60 ކިލޯގެ ރިހީގެ އިތުރުން 7 ގެ، އަދި ތިން އަގުބޮޑެތި ކާރު ހިމެނެއެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 2 ލައްކަ ރުޕީސް ހުރިއިރު، އޭނާގެ ބޭންކު އެކައުންޓުގައި 1.35 ކަރޯޑް ރުޕީސް ހުރިކަމަށްވެއެވެ.

ކަންގަނާގެ މިލްކިއްޔާތުގައި ހުރި ރަނާއި ރިހީގެ އަގު ޖުމްލަ 5 ކަރޯޑް ރުޕީސްއަށްވުރެއް ގިނަކަމަށް ބަޔާންކޮށްފައިވާއިރު، އޭނަގެ މިލްކިއްޔާތުގައި ތިން ކަރޯޑް ރުޕީސްގެ 14 ކެރެޓް ޑަޔަމަންޑް ގަހަނާ ވެސް ހިމެނެއެވެ. އަދި އޭނާގެ އަގުބޮޑު ތިން ކާރުގެ އަގު 3.91 ކަރޯޑް ރުޕީސްއަށް އަރާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ކަންގަނާގެ ނަމުގައި ލައިފް އިންޝުއަރެންސް ކޯޕަރޭޝަން (އެލްއައިސީ) ގެ 50 ޕޮލިސީ ނަގާފައިވާއިރު، އަދި އޭނާގެ ޖުމްލަ ދަރަނީގެ ގޮތުގައި 17.3 ކްރޯޑް ރުޕީސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ ލޮކް ސަބާ އިލެކްޝަންގެ ހަތް ވަނަ އަދި އެންމެ ފަހު ފިޔަވަހީގެ ގޮތުން ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.

މިދިޔަ ބުދަ ދުވަހު އިންތިހާބަށް ވާދަ ކުރަން ނަން ހުށައެޅި ފިލްމީތަރި ކަންގަނާ ރަނައުޓް ބުނީ މަންޑީގެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން