ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޕްރައިވެޓް ހޮސްޕިޓަލް، ޓްރީޓޮޕުން ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް ފަށަން މަސައްކަތް ކުރަމުންދާކަން އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.
އެ ހޮސްޕިިޓަލުގެ ސީއީއޯ އާދިލް މޫސާ ވަނީ އެ ހިދުމަތް ފެށުމަށް ސަރުކާރާއެކު ވާހަކަތައް ދައްކަމުންދާކަން ހާމަ ކުރައްވައިފަ އެެވެ.
އޭނާ ވިދާޅުވީ އެކަން ނުފެށިގެން އުޅެނީ ރާއްޖޭގައި ގާނޫނާއި ގަވައިދުތައް މި ވަގުތު ހުރި ގޮތުން ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކިޑްނީ ބަދަލުކުރުމުގެ ހިދުމަތަކީ ވަރަށް ބޮޑަށް ރެގިއުލޭޓްކޮށް ވަކި ގާނޫނަކާއި ގަވައިދެއްގެ ތެރެއިން ހޮސްޕިޓަލުތަކަށް ހުއްދަދީފައި އޮންނަ ކަމެކެވެ.
އާދިލް ވިދާޅުވީ ސަރުކާރާ ވާހަކަ ދައްކައިގެން އަލި މަގެއް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ހުއްދަތައް ލިބިއްޖެނަމަ ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށެވެ.
ރާއްްޖޭގައި ފަހަކަށް އައިސް ކިޑްނީގެ ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ވަނީ އިތުރުވެފަ އެވެ.
ޓްރީޓޮޕުން ވަނީ އައިވީއެފްގެ ހިދުމަތް ވެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށައިފަ އެވެ.
އަދި އެ ހޮސްޕިޓަލުން އައިވީއެފްގެ ފަރުވާ ނެގި އަންހެން މީހާ މިދިޔަ އާދިއްތަ ދުވަހު ވަނީ ވިހައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު