ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ލިބެންހުރި ޑައިވިންގ ފުރުސަތުތައް، އޭޝިއާގެ އެންމެ ބޮޑު ޑައިވް އިވެންޓް، އެޑެކްސް 2022ގައި އިޝްތިހާރުކުރަން ފަށައިފިއެވެ.

ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައި ސެޕްޓެމްބަރު މަހުގެ 16އިން 18ވަނަ ދުވަހާ ހަމައަށްދާ އެޑެކްސްއަކީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ ޑައިވް އެކްސްޕޯއެވެ.

ވޭތުވެދިޔަ 26 އަހަރު ބާއްވާފައިވާ އެޑެކްސް އެކްސްޕޯގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ވީއައިޕީންނާއި ސްޕީކަރުންނާއި ސައިންސްވެރިންނާއި، ކަނޑުގެ ކޮންޒަވޭޝަނިސްޓުންނާއި، ކަނޑު އަޑީގެ ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންނާއި، އަދި އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވުމަށް މަގުފަހިކޮށްދެއެވެ. އަދި މިއީ ޑައިވް އޮޕަރޭޓަރުންނާއި، އިކުއިޕްމަންޓް އުފައްދާ ފަރާތްތަކާއި، ގައުމީ ޓޫރިޒަމް ބޯޑުތައް ފަދަ އެކިއެކި އެގްޒިބިޓަރުން ބައިވެރިވާ ހަރަކާތެކެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނީ އެޑެކްސް 2022ގައި ބައިވެރިވުމަކީ ރާއްޖޭގެ ވިޒިބިލިޓީ އިތުރުކޮށް، ދެކުނު އިރުމަތީ އޭޝިއާގެ ބާޒާރުގައި ޕްރިމިއާ އަދި އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި މަންޒިލް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ޑައިވް ސެގްމަންޓު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ފަތުރުވެރިންވެސް ހިމެނޭގޮތަށް ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް އެހީތެރިވެދޭނެކަމަށެވެ.

މި އިވެންޓުގައި ބައިވެރިވެފައި މިވަނީ ރާއްޖޭގެ އެކި ސެގްމެންޓުތައް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. 6 ކުންފުންޏެއްގެ 11 ބައިވެރިން އެމްއެމްޕީއާރުސީއާއެކު މި އިވެންޓުގައި ބައިވެރިވެ، އެފަރާތްތަކުގެ ޑައިވްއާ ގުޅުންހުރި އުފެއްދުންތަކާއި ހިދުމަތްތައް ޕްރޮމޯޓްކުރަމުންދާނެއެވެ.

އެމްއެމްޕީއާރުސީން ޑައިވް މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު، މީގެތެރޭގައި ސްޓޭކްހޯލްޑަރުންނާއެކު ހިންގާ ޖޮއިންޓް މާކެޓިންގ ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއަރތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ-ލާނިންގ ޕްރޮގްރާމްތަކާއި އެހެނިހެން އިވެންޓްތައް ހިމެނެއެވެ. މިގޮތުން މި އަހަރު މިހާތަނަށް ވަނީ މައިބަމްޕް މީޑިއާއާއެކު ކެބްވަރޓައިޒިން ކެމްޕޭނެއް ހިންގާފައެވެ. އަދި މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ (މައިޑް) 2022، މާޓާ 2022 އަދި ތައިލެންޑް ޑައިވް އެކްސްޕޯ 2022 ގައި ބައިވެރިވުމުގެ އިތުރުން، އިންޑޮނޭޝިއާ މީޑިއާއަށް ފެމިލިރައިޒޭޝަން ދަތުރެއްވެސް ވަނީ ހޯސްޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން